ހައްޖުވެރިން ފުރަން ފަށާނީ ސައްބީހުގައި

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ހައްޖުކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން ހައްޖަށްދާ މީހުން މެއި 26 ވަނަ ދުވަހު ފުރަން ފަށާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރު ރާއްޖެއިން އެއްހާސް މީހުން ހައްޖަށް ދާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާ ފަންސާސް ފަގީރުންވެސް ހިމެނެއެވެ. މިއެންމެވެސް ދާނީ ހައްޖުކޯޕަރޭޝަނުންގެ ހަވާލުގައެވެ. ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެފައިވަނީ މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން […]

ޕީއެންސީގެ ނާއިބުންނަށް ޣައްސާނާއި ޝިޔާމް

ޕީއެންސީގެ ނާއިބު ލީޑަރުންނަށް، ފިޝަރީޒު މިނިސްޓަރ އަހުމަދު ޝިޔާމާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރޭ ހަމަޖައްސައިފިއެވެ. މީގެ ކުރިން މި ދެބޭފުޅުން މަސައްކަތް ކޮށްފައިވަނީ ކޯލީޝަން ޕާޓުނަރު ޕީޕއެމްގެ ނާއިބު ލީޑަރުންގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރުވަނީ އެޕާޓީ އުވާލައިފައެވެ. މި ދެބޭފުޅުން ޕީއެންސީގެ ނާއިބު ލީޑަރުންނަށް ހަމަޖެއްސެވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ކަމަށް ސެނެޓުގެ ބައެއް މެންބަރުންވަނީ ވިދާޅުވެފައެވެ. ރައީސްގެ މިއެދިވަޑައިގެންނެވުމަށް ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ތާއިދު ކުރައްވާފައެވެ. […]

ރައީސްގެ ސިޔާސަތު ނެގެހެއްޓުމަށް މެންބަރު މުހަންމާ ޕީއެންސީއަށް

ޕީޕއެމް އުވިގެން ދިޔައިރު އެޕާޓީގެ ސެނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ. އެބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއިދު ކުރައްވައި އެ ސިޔާސަތު ނެގެހެއްޓުމުގައި ކުރެއްވެން އޮތް ކޮންމެ ކުރެއްވުމުގައި ދެމިތިއްބެވުމަށް އިޤުރާރުވަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ބްރޯޑުކޮމްގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ. އޭނާ ފާހަގަކޮށްލަންޖެހެނީ މިނިވަން މުއައްސަސާއެއްގައި ”މިނިވަނެއް“ގެ ގޮތުގައި ހުންނެވި ބޭފުޅަކު ސިޔާސީ ޕާޓީއަކަށް ސޮއި ކުރެއްވުމުންނެވެ. […]

މައްކާ ރޫޓު ތަންފީޒު ކުރުމަށް ސައުދީ ޓީމެއް ރާއްޖޭގައި

މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ޓީމުގައި ސައުދީގެ ފޮރިން މިނިސްޓްރީއާއި ހައްޖު މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމޭނޭ ކަމަށެވެ. މިއީ މި ކަމަށް ރާއްޖެއަށް ވަޑައިގެންނެވި އެޑްވާންސްޓީމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ މައްކާ ރޫޓް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ހަފްލާ އޮންނާނީ […]

ބަލޫޗިސްތާން މައްސަލަ

ބަލޫޗިސްތާނުގެ އެކްޓިވިސްޓުން ޕާކިސްތާނުން ވަކިވެ މިނިވަންކަން އިއުލާންކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ އެންޓި ޕާކިސްތާން ރެސިސްޓެންސް މޫވްމަންޓްގެ ފަރާތުންނެވެ. ބަލޫޗިސްތާނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ޚައިބީރް މައްރީ، ބްރަހަމްދާގް ބުގްތީ، الله ނަޒަރު ބަލޫޗް، ގުލްޒާރު އިމާމް (ޝަމްބީ) އަދި މަހްރަންގް ބަލޫޗް ފަދަ އިސް ފަރާތްތައް ހިމެނެއެވެ. މިއީ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އާއި އެހެނިހެން ޖަމާއަތްތަކުން ބައިވެރިވެފައިވާ ފަރާތްތަކެކެވެ. ބީއެލްއޭގެ ހަމަލާތައް ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް، ޕާކިސްތާނާއި ޗައިނާގެ ގުޅުން ގޯސްވަމުންދާތީ، […]

ޙައްޖުވެރިންގެ ކަންކަން ބަލަހައްޓާ ޓީމް މައްކާއަށް ފުރައިފި

މިއަހަރު (1446) ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ޓީމް ޙައްޖު މިޝަންގެ މެންބަރުން މައްކާއަށް ފުރާ ވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީ ވިދާޅުވީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާބެހޭ ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް މި މިޝަނުން ކުރަމުން ގެންދާނޭ ކަމަށެވެ. ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން […]

އިންޑިއާގެ ހަމަލަ ދިނުމުގެ ނަޒަރިއްޔާތު ބަދަލު ވެއްޖެ

މުހިންމު ސިޔާސީ ބަދަލެއްގެ ގޮތުގައި، އިންޑިއާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ގެންގުޅޭ ޓެރަރިޒަމްއާ ގުޅޭ ފައިލްތައް އެއްކުރުމުގެ ބަދަލުގައި ވަގުތުން ހަމަލަދީ، ސިފައިންގެ ބާރު ބޭނުންކުރުމުގެ ސިޔާސަތަކަށް ބަދަލު ކޮށްފައެވެ. މިކަން މެއި 10 ވަނަ ދުވަހު ހިންގުނު ”އޮޕަރޭޝަން ސިންދޫރު“ އިން ދައްކުވައިދެއެވެ. މި އޮޕަރޭޝަނަކީ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގައި 26 އާންމު ރައްޔިތުން މަރުވުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ. މި އޮޕަރޭޝަންގައި އިންޑިއާގެ ވައިގެ ސިފައިންއިން ޕާކިސްތާނުގެ ވައިގެ ސިފައިންގެ ޑަޒަނަކަށްވުރެ ގިނަ […]