ނަތަންޔާހޫގެ ޑީލް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފިނޭންސް މިނިސްޓަރު އަދި ރެލިޖިއަސް ޒަޔަނިޒަމް ޕާޓީގެ ލީޑަރު ބެޒާލެލް ސްމޮޓްރިޗް އާ ދެމެދު ”ސިޔާސީ އެއްބަސްވުމެއް“ ވެވިއްޖެ ކަމަށް އިޒްރޭލުގެ މީޑިއާން ރިޕޯޓުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅަނގު އައްސޭރިއަށް އިތުރު ޔަހޫދީ ބަސްތިތައް އެޅުމާއި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ބެލެވެއެވެ. އިޒްރޭލުގެ ޗެނަލް 14 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްމޮޓްރިޗްގެ އެދުމުގެ މަތިން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ […]
ޖައުލާނީ އަކީ އެމެރިކާ އުފެއްދުމެއްބާ؟

ސޫރިޔާގެ ލީޑަރު އަހުމަދު އައްޝަރުއު ޖައުލާނީ އަކީ އެމެރިކާއިން އިދްލިބްގައި ސިޔާސީ ތަމްރީނު ދީފައިވާ ކުރީގެ ހަނގުރާމަވެރިއެއް ކަމަށް ސޫރިޔާގައި ހުންނެވި އެމެރިކާގެ ކުރީގެ ސަފީރު ރޮބަޓް ފޯޑް ދެއްކެވި ވާހަކަތަކާ މެދު ބޮޑު ޖަދަލެއް އުފެދިއްޖެއެވެ. އެމެރިކާ ސަރުކާރުންނާއި ސޫރިޔާ ސަރުކާރުން ވަނީ މި ވާހަކަތައް ބުހުތާނު ދޮގުކަމަށް ބުނެ ކުށްވެރިކޮށްފައެވެ. ބާލްޓިމޯ ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ފޯޑް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހު އިދްލިބުގައި ރައީސް […]
ޔޫރަޕުން އިޒްރޭލަށް ފިޔަވަޅު އަޅާނެ ބާ

ޔޫރަޕިއަން ޔޫނިއަންގެ އިސް ޑިޕްލޮމެޓް، ވަނީ އީޔޫ އާއި އިސްރާއީލާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. މި ފިޔަވަޅު އަޅުއްވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި، ޣައްޒާއަށް ފޮނުވާ އިންސާނީ އެހީތައް އިސްރާއީލުން ހުއްޓުވުމާ ގުޅިގެންނެވެ. އިސްރާއީލާއެކު އޮތް ޕާޓްނަޝިޕް އެއްބަސްވުން މުރާޖަޢާކުރުމަށް އީޔޫގެ 17 ޤައުމަކުން އެއްބަސްވެފައިވާއިރު، 9 ޤައުމަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މި މުރާޖަޢާގައި އަލިއަޅުވާލާނީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ވަޢުދުގެ މައްޗަށެވެ. […]
ސޫރިޔާ އެއާލައިންގައި 63 އަހަރަށްފަހު ދަތުރު ދުޢާ އިއްވަން ފަށައިފި

ސޫރިޔާގެ ޤައުމީ އެއާލައިން، ސީރިއަން އެއާގައި 63 އަހަރު ވަންދެން ދަތުރު ދުޢާ އިއްވުން މަނާކޮށްފައި އޮތުމަށްފަހު މިހާރު ދަތުރު ދުޢާ އިއްވަން ފަށައިފިއެވެ. މި ބަދަލު އައިސްފައިވަނީ ސޫރިޔާގެ ބައަޠް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ. ސޫރިޔާގެ ކުރީގެ ރައީސް ހާފިޒް އަލް-އަސަދާއި އޭނާގެ ދަރިކަލުން ބަޝާރު އަލް-އަސަދުގެ ވެރިކަމުގައި ދަތުރު ދުޢާ އިއްވުން އޮތީ މަނާކޮށްފައެވެ. ނަމަވެސް، މިހާރު އެ ގައުމުގެ ސިޔާސީ މަޝްރަހު ބަދަލުވުމާއެކު، މި އާދަކާދަ އަލުން ތަޢާރަފުކޮށްފައިވެއެވެ. މި […]
ޓްރަމްޕް ކިހާ ބާރެއް އަޅާފާނެ ބާ؟

ޒަޔަނިސްޓުން ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ކާނާއާއި އިންސާނީ އެހީ ވެއްދިޔަ ދިނުމަށް ޑިޕްލޮމެސީގެ ބާރު ބޭނުން ކުރުމަށް ޓްރަމްޕަށް ގޮވާލާ ގަރާރެއް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަނީ އެމެރިކާގެ ސެނެޓަށް ހުށަހަޅާފައެވެ. ޣައްޒާގެ ހަނގުރާމަ ދިގުލައިގެން ދިއުމާއި، ފަލަސްޠީނުގެ ކުޑަކުދިންނަށް ކުރިމަތިވަމުންދާ ވޭނުގެ މަންޒަރުތަކުން އަސަރުކުރުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫއަށް މި ހަނގުރާމަ ނިންމުމަށް ގޮވާލައްވާފައެވެ. ޣައްޒާގެ ޔަހޫދީ ހިސާރަށް އަވަސް ނިމުމެއް ގެނައުމަށް ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުން ކުރުމަށް ގޮވާލާ […]
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުމަށް މަސްނޫއީ ބުއްދި ބޭނުންކުރަނީ

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުމަށް އަމާޒުތައް ހޯދުމުގައި މަސްނޫއީ ބުއްދި (މަބު) ބޭނުންކުރަމުންދާކަން ހާމަވެއްޖެއެވެ. މި ޓެކްނޮލޮޖީއަކީ ޕްލެންޓީރް ޓެކްނޮކްނޮލޮޖީ ކުންފުނިން އިޒްރޭލު ސިފައިންނަށް ފޯރުކޮށްދީފައިވާ އެއްޗެކެވެ. ޕްލެންޓީރް ޓެކްނޮލޮޖީ އަކީ 2013 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ ކުރިން އިޒްރޭލު ސިފައިންގެ ތެރޭގައި އުޅުނު މީހެކެވެ. މި ކުންފުނިން ވަނީ އިޒްރޭލު ސިފައިންނަށް ފަލަސްޠީނު މީހުންގެ ޓާގެޓްތައް ހޯދައި ހަމަލާ ދިނުމަށް އަމާޒުކުރުމަށް ބޭނުންކުރާ ”ލެވެންޑާ“ ސޮފްޓްވެއަރ ވެސް ތައާރަފްކޮށްފައެވެ. ޕްލެންޓީރް […]