ދިހަވަރަކަށް މިނިޓު ތެރޭ ގަލޮޅަށް ކަރަންޓު ލިބޭނެ

ސަބްސްޓޭޝަނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ގަލޮޅުގެ ބައެއް ސަރަހައްދު ތަކުން މިހާރު ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެކުންފުނީގެ ޓެކްނިކަލް ސްޓާފުން ދަނީ ކުރަމުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްފަހު ދިހަވަރަކަށް މިނިޓުތެރޭގައި ކަރަންޓު ދެވޭނޭ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު ޢިފްތިތާޙްކޮށް ދެއްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސްގެ ދެކަނބަލުން ރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައިފައެވެ. އަދި އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލެއްވިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު2025 އަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބާއްވާ މައުރަޒެކެވެ. ދިވެހި ޘަޤާފީ […]
ދަތުރުނާމާ (އެއްވަނަ ބައި)

ވިލު ނޫކުލައިގެ އުޑުމަތިން، ދަތުރުކުރަމުން ދިޔަ، ހުދު ކަފަތަކެއްފަދަ ވިލާތަކަށް ބަލަހައްޓައިގެން އިނެއް ކަމަކު، އަރުޝީ އިނީ މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައެވެ. ޤުދުތުރަތުގެ ފުރިހަމަކަމާ، އޭގެ ރީތި މަންޒަރުތަކުން އޭނާއަށް މާބޮޑު ހިތްހަމަ ޖެހުމެއް ނުލިބޭ ކަހަލައެވެ. އެހެނީ، އޭނާގެ ހިތާއި ސިކުނޑީގައި ވަނީ މުޅިން އެހެން ފިކުރެކެވެ. ފެންކަޅި ވެފައިވާ ޙާލުގައެވެ. މީގެ ފަސް އަހަރު ކުރިން، މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ މަތިވެރި މަޤްޞަދުގައި އަރުޝީ ފުރައިގެން ދިޔައީ، އޭނާގެ ފުރާނަ ފަދަ […]
