އަމިއްލަ އުފެއްދުމުގެ މޮޅުކަން

”އޮޕަރޭޝަން ސިންދޫރު“ ގެ ނަމުގައި ދިން މި ހަމަލާގައި އިންޑިއާގެ އަމިއްލަ އުފެއްދުންތެރިކަމުގެ މޮޅުކަން ސާބިތުވި ކަމަށް އިންޑިއާއިން ބުނެއެވެ. މި ހަމަލާގައި އިންޑިއާއިން ބޭނުންކޮށްފައިވަނީ އާކާޝް އެއަރ ޑިފެންސް ސިސްޓަމް، ބްރަހްމޯސް ކްރޫޒް މިސައިލް، ނަގަސްޓްރާ-1 ޑްރޯން އަދި އަކާޝްތީރު ކޮންޓްރޯލް ސިސްޓަމް ފަދަ އިންޑިއާގެ އަމިއްލަ އުފެއްދުންތަކެވެ. މި ހަތިޔާރުތަކުގެ ސަބަބުން ޕާކިސްތާނުގެ ޑްރޯންތަކާއި މިސައިލްތަކާއި އަދި ޗައިނާއިން ގަނެފައިވާ ހަތިޔާރުތައް ވަނީ ނައްތާލެވިފައެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުން ޕާކިސްތާނަށް ދިން ސިންދުރު އޮޕަރޭޝަންގައި […]

ލޭބަރ ޕާޓީގެ އެމްޕީން ތައިވާނަށް ޒިޔާރަތްކޮށްފި

މިއީ ޔޫކޭގައި ލޭބަރ ޕާޓީ ވެރިކަމަށް އައި ފަހުން އެޕާޓީގެ އެމްޕީން ތައިވާނަށް ކުރި ފުރަތަމަ ޒިޔާރަތެވެ. ”ލޭބަރ ފްރެންޑްސް އޮފް ތައިވާން“ ގެ ބައެއްގެ ގޮތުގައި މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ނަވެންދު މިޝްރާ (ސްޓޮކްޕޯޓް)، ޕައުލާ ބާކަރ (ލިވަޕޫލް ވޯޓަރްޓްރީ)، ކޮނަރ ނައިސްމިތު (ކްރޫ އެންޑް ނަންޓްވިޗް)، ގިލް ފަރނިސް (ޝެފީލްޑް ބްރައިޓްސައިޑް އެންޑް ހިލްސްބޮރޯ)، އަދި ތާހިރު އަލީ (ބާމިންގހަމް ހޯލް ގްރީން) އެވެ. މި ވަފުދުގެ މަޤްޞަދަކީ ތައިވާނުގެ ސަރުކާރު އޮފިޝަލުންނާއި، ޕާލަމެންޓޭރިއަނުންނާއި، […]

ޕާކިސްތާނުން ކުރި ނިއުކްލިއަރ ޓެސްޓުތަކުގެ 27 ވަނަ އަހަރީ ދުވަސް

ފްރީ ބަލޯޗިސްތާން މޫވްމަންޓް (އެފްބީއެމް) އިން ވަނީ މެއި 28 ގައި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި ޔޫރަޕުގެ އެކި ގައުމުތަކުގައި މުޒާހަރާތަކެއް ބޭއްވުމަށް ނިންމައިފައެވެ. މި މުޒާހަރާތައް ބާއްވަނީ 1998 ވަނަ އަހަރު ޕާކިސްތާނުން ބަލޯޗިސްތާނުގައި ކުރި ނިއުކްލިއަރ ޓެސްޓުތަކުގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އެފްބީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މުޒާހަރާތަކުގެ މަޤްޞަދަކީ 1998 ވަނަ އަހަރު ޗަގައި ސަރަޙައްދުގައި ކުރި ނިއުކްލިއަރ ޓެސްޓުތަކުގެ ސަބަބުން އިންސާނުންނަށާއި، […]

ދުފުމަށް ބޭނުންކުރާ ބާވަތްތައް މާލެ ސިޓީ ކައުންސިލުން ބޭނުން ނުކުރަން ނިންމައިފި

ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރަން ނިންމައިފިއެވެ. ކައުންސިލުން މި ގޮތަށް ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، ބުދަ ދުވަހު ބޭއްވި، އާންމު ޖަލްސާގައި ކުރެވުނު މަޝްވަރާއަށް ފަހު ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ. މި ކަމާ […]

ބަނގުރާގެ ވިޔަފާރިކުރާ އިންޑިއާގެ ތިން މީހަކު ޑީޕޯޓު ކުރަން ނިންމައިފި

ބަނގުރާގެ ވިޔަފާރިކުރާ އިންޑިއާގެ ތިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ތިން މީހުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ހަތާވީސް އަހަރުގެ ސަހަޔާ އަޖިން ފްރެންޗިސް އާއި، އުމުރުން ބާވަންނަ އަހަރުގެ ކަރުއްޕިއަހް ސުއްބައި އާއި، އުމުރުން ނަވާޅީ އަސް އަހަރުގެ ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް ކަމަށް ފުލުހުން ވިދާޅުވިއެވެ. ބަނގުރާ ގެންގުޅެ، […]

”އަމާން އައްސޭރި 2025“ ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާ އެކު، ”އަމާން އައްސޭރި 2025″ގެ ނަމުގައި ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ މި ހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެން.ޓީ.އާރް.ޕީ) ޓެސްޓްކޮށްފައިވެއެވެ. މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ޙާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި- […]

ޕީޖީއާއި ރަޝިޔާ ކޮންސުލް ޖެނެރަލް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަލްއުސްތާޛު ޢައްބާސް ޝަރީފާއި ރަޝިޔާގެ ކޮންސުލް ޖެނެރަލް އެލެކްސީ އިޑަމްކިން، ބައްދަލު ކުރައްވައި، ދެ ޤައުމުގެ މެދުގައި ޤާނޫނީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ މެދު މަޝްވަރާ ކުރައްވައިފިއެވެ. ”އަޅުގަނޑުމެން އެލެކްސީ އިޑަމްކިންއަށް ޝުކުރު ދަންނަވަން. ފައިދާހުރި މަޝްވަރާތަކަށްޓަކައި،“ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. ”ޤާނޫނީ އަދި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތްތަނުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވުމަކީ އަޅުގަނޑުމެންނަށް އެދޭ ވަރަށް މުހިންމު ކަމެއް“ އިތުރަށް ބުނެފައި ވެއެވެ. މި ބައްދަލުވުމުގައި ދެ […]