މައުރަޒުގައި ބާރަށް ލަވަ ޖަހާތީ އާންމުންނަށް އުނދަގޫވަނީ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގައި އަޑުގަދަކޮށް ލަވަޖަހަމުން ގެންދާތީ ބައެއް މީހުން ޝަކުރާވާ ކުރަން ފަށައިފިއެވެ. އެކަމުގެ ޝަކުވާ އާންމުކުރަނީ އެސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. ”އަހަންނަކީ ޕައިލެޓެއް. މިރޭ ފަތިހު ހަތަރެއް ޖަހާއިރު ފުރަންޖެހޭ. ހެނދުނު ހައެއް ޖަހާއިރު ދަރިފުޅު ސްކޫލަށް ދާންޖެހޭ. އެކަމަކު އަދިވެސް ނުނިދޭ އަޑުގަދަކުރާވަރުން،“ އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ލަވަޖެހުމަކުން މައްސަލައެއް ނެތެވެ. މިހާރު ދިހަ ދުވަހަށް މި މައުރަޒު ކުރިއަށް ގެންދާއިރު ރޭގަނޑު […]

އަށާރަ އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން

މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ އަމާޒަށް ވާސިލް ވުމަށް އަށާރަ އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް ”ފުރަތަމަ ގެ“ ނުވަތަ ”ފަސްޓް ހޯމް“ ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ […]

ރަނގަޅު ފެންވަރުގެ އައިނު ދެހާސް ރުފިޔާއަށް

އައިނަށް އާސަންދައިން ދޫކުރާ ފައިސާގެ އަދަދު 2000 ރުފިޔާއަށް ބޮޑުކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނޭގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. މިކަން މިގޮތަށް ކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅޫވީ ޕީއެސްއެމްއަށް ދެއްވި މި ބަސްދީގަތުމުގައެވެ. އެމަނިކުފާނު މިކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އައުޖީއެމްއެޗާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި […]

ދަތުރުނާމާ (ދެވަނަ ބައި)

ނަފީސާއަކީ، މާމޮޅު ތަޢުލީމެއް ލިބިފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ޒަމާނުގައި ދިރިއުޅުނު މާޙައުލުން ލިބޭނެ އެންމެ މަތީ ފެންވަރަށް ނަފީސާ ހުރީ ތަޢުލީމު އުނގެނިގެންނެވެ. މަދުރަސީ ދައުރުގައި، އޭނާގެ އަތު ލިޔުމަކީ މުޅި މަދުރަސާގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އަތުލިޔުމެވެ. އެއީ ނަފީސާއަށް ލިބިފައިވާ ގިނަ ހުނަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ހުނަރެވެ. އެކަން މިއަދު އަރުޝީގެ އަތަށް އެރި އެ ޑައިރީގެ ބަނޑޭރިގަނޑުންވެސް ފާހަގަ ވެއެވެ. އުމުރުން ފަސްދޮޅަސް އަހަރު ވީއިރުވެސް […]