ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ޖައްސާލައިފި: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުމެ ވަޑައިގެން ރާއްޖޭގެ ވިޔަފާރިވެރިންނާ ޖައްސާލައިފި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވެފައިވަނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ސިޔާސަތު މިހާރުވަނީ ފޭލިވެ ފާލުން ނެއްޓިފައި ކަމަށެވެ. އެހެން ކަމުން މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގާބިލްކަމެއްވެސް މިސަރުކާރުގައި ނެތްކަމަށް ވިދާޅުވެފައިވެއެވެ. މިހާލަތުގައި ސަރުކާރުން ނުކުމެ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކާތެރި […]

މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔަ މައްސަލަ ބަލަން ރައީސް އަންގަވައިފި

ސްޓެލްކޯ ބިލްޑިން/ފޮޓޯ އަވަސް

މާލެއާއި، ހުޅުމާލެއާއި ހުޅުލެ އިން މިއަދު ކަރަންޓު ދިޔަ މައްސަލަ ބަލަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވެފައިވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނޭ ގޮތަށް ހުރިހާކަމެއް އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުން ކުރާނޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. ”މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ […]

އެފްޓީއޭގެ ވާހަކަ ހިމަނާފައި ނުވާތީ އެމްޑީޕީގެ ކަންބޮޑުވުން

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އިނގިރޭސިވިލާތާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން މި މަޝްވަރާއަށްފަހު އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށްނަގަމުންއައި ޑިއުޓީ ވަނީ ސައުވީސް ޕަސެންޓުން ވިހި ޕަސެންޓަށް ތިރިކުރުމަށް އެއްބަސްވެފައެވެ. މިކަމަށް އެއްބަސްވެފައިވަނީ ދެހާސް ވިހިވަނަ އަހަރުއެވެ. އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ […]