ސިންދޫރަށް ބައިނަލްއަގްވާމީ ތާއީދު

ޕާކިސްތާނުން ހިންގާ ކަޝްމީރުގެ ޓެރަރިސްޓް ކޭމްޕްތަކަށް އިންޑިއާއިން ހަމަލާދިނުމަށް ”އޮޕަރޭޝަން ސިންދޫރު“ އެޕްރީލް މަހު ފަށާފައި ވަނީ ކަޝްމީރުގެ ޕަހަލްގަމްގައި ދިން މަރުގެ ހަމަލާއެއްގައި 26 މީހުން މަރުވުމުންނެވެ. މި އޮޕަރޭޝަނުގައި އަމާޒުކޮށްފައިވަނީ މިހަމަލާގެ ޒިންމާ އުފުލާ ޖަމާއަތްތަކަށެވެ. ޖަރުމަނާއި ޖަޕާން އަދި ޔޫއޭއީ ފަދަ ގައުމުތަކުން އިންޑިއާގެ ދިފާއީ ފިޔަވަޅުތަކަށް ތާއީދު ކުރިއިރު، ޖަރުމަނުން ވަނީ އިންޑިއާގެ އަމިއްލަ ދިފާއުގެ ހައްގަށް ތާއީދުކޮށްފަ އެވެ. އިންޑިއާގެ ސީދާ ހަމަލާތަކުގެ ސަބަބުން ޓެރަރިސްޓް ނެޓްވޯކްތަކަށް ބުރޫއަރާ، އިންޑިއާގެ […]

ވިލުންތެރިކަން ހޯދެން އޮތީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރެވިގެން

މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެވިގެން ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދިވެހިރާއްޖެއިން މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކަނޑުތައް ޙިމާޔަތް ކުރަންޖެހޭކަން އެއީ، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ކަނޑުތަކަކީ […]

ސަޢޫދީގެ ޙައްޖު މިނިސްޓަރު ރައީސްގެ އަރިހަށް

ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ‎މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް […]