ބަންގްލަދޭޝްގެ ތަރިކައަށް ނުރައްކާވެއްޖެ

ބަންގްލަދޭޝްގެ ތާރީހީ ތަންތަނާއި ސަގާފީ ތަރިކަތަކަށް އިންތިޒާމުކޮށްގެން ހަމަލާއެއް ދިނުން އާންމު ކަމަކަށް ވެފައި ވެއެވެ. ސިޔާސީ ޖަމާއަތްތަކާއި ހަރުކަށި ފިކުރުގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބައިބައިވުން އުފެއްދުމުގެ އެޖެންޑާތައް ކުރިއަށް ގެންދިއުމަށްޓަކައި 1971 ވަނަ އަހަރުގެ މިނިވަން ހަނގުރާމައާ ގުޅިފައިވާ މޮނިއުމެންޓްތަކާއި އާސާރީ ބިނާތައް ހަލކާކު ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ޤައުމީ ޝަޚުސިއްޔަތާއި އެއްބައިވަންތަކަމަށް ނުރައްކާވެފައި ވެއެވެ. އަވާމީ ލީގުގެ ހަރަކާތްތައް ހުއްޓުވައި އެ ޕާޓީގެ މަސައްކަތް މަނާކުރުމަށް ފަހު އިންތިގާލީ […]
ޝައިޚް ފަރީދު އަވަހާރަވުމަކީ ލިބުނު ދެރައެއް: ވަޒީރު

ދިވެހިރާއްޖޭގެ ދީނީ ދަޢުވަތު ދިނުމުގެ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އިސް ޢިލްމުވެރިއެއް ކަމަށްވާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމަކީ ރާއްޖޭގެ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ މިރޭގެ ވަގުތެއްގައި މެލޭޝިއާގައެވެ. ޝައިޚް ފަރީދު އަވަހާރުވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގައު ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ޚިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުބާނީތަކެއްވެވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ. މީގެ އިތުރުން ޝައިޚް ފަރީދަކީ […]
ޙައްޖުގެ އަޅުކަމަށްފަހު ރައީސް މާލެ ވަޑައިގެންފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު […]
ޝައިހު އިބްރާހީމް ފަރީދު ނިޔާވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހު އިބްރާހީމް ފަރީދު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިހު ފަރީދު ނިޔާވެފައިވަނީ މެލޭޝީއާ އެއާޕޯރޓްގައި ހުންނަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. اللهم اغفر له و ارحمه وعافيه واعف عنه و اسكن الله فسيح جناته
ޚާލިސްތާން ގެ ހަމަނުޖެހުން އުފެއްދުމާއި އިންޑިއާ ކެނެޑާ ގުޅުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހު15 ން 17، އަށް އަލްބަރޓާގެ ކަނާނާސްކިސްގައި ބާއްވާ ޖީ7 ސަމިޓަށް ވަޑައިގަންނަވާނެއެވެ. އެ ދުވަސްވަރާ ދމާކޮށް މުޒާހަރާތައް ކުރަން ޚާލިސްތާން ސަޕޯޓަރުން ރާވަމުންދާއިރު، ސިކްސް ފޯ ޖަސްޓިސް ފަދަ ޖަމާއަތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާތަކުގެ މަގުސަދަކީ 2023 ވަނަ އަހަރު ޚަލިސްތާނީ ލީޑަރު ހާރްދީޕް ސިންގް ނިޖާރު މަރާލި މައްސަލައާ ގުޅިގެން މޯދީގެ ސިޔާސީ ކަންކަމަށް ގޮންޖަހާލުމެވެ. އެމީހުން ރާވަނީ އިންދިރާ ގާންދީގެ އަވަހާރަކޮށްލި މީހުންނާއި […]