މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނޫ އުމުރުން އަށާރަ އަހަރުގެ ޒުވާން އަންހެނެއް ކަމަށެވެ. އޭނާ ގެއްލިގެން ފުލުހަށް އާއިލާއިން ރިޓުކޮށްފައިވަނީ މިއަދު މެންދުރު އެކެއްޖެހި އިރު ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ހޯދަން ފެށީ ޖޫން ސޯޅަ ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއަށް ނައިސްގެން އާއިލާއިން ރިޕޯޓު ކުރުމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި އަންހެން މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް […]
ގައުމު އާރާސްތު ކުރުމުގައި ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެެންފި

ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށާއި މި ޒިންމާއާ ވާޖިބު އަދާކުރުމުގައި، ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ޤައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް […]
ރައީސްގެ އަނބިކަނބަލުން ޔޫއޭއީއަށް

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ. މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް […]
ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު އާންމުކޮށްފި

2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމު ކުރައްވައިފިއެވެ. މި ރިޕޯޓް ޢާންމުކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ. 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ […]
ދުނިޔޭގައި ނަންހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެވީ މަސައްކަތުން

ޤުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް، ޑޮކްޓަރ ވަޙީދު މިފަދައިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި، […]
އަމިއްލަ މުއްސަނދިކަން ހޯދުމުގައި ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕްގެ އާއިލީ ވިޔަފާރި ކުންފުނިން ބޭރުގައި ކުރަމުންދާ އިންވެސްޓްމެންޓްތަކުގައި އިންޑިއާގެ ޕާޓްނަރަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ އެވެ. ޓްރަމްޕްގެ އާއިލާއިން ދަނީ މުށްޖަހައި ބޭރު ގައުމުތަކުން ވިޔަފާރި ޑީލްތައް ހޯދަމުންނެވެ. ރައީސް ޓްރަމްޕްގެ މާލީ ހާމަކުރުންތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ޓްރަމްޕް އައުލާދުން ހިންގާ ކުންފުނި ޓްރަމްޕް އޯގަނައިޒޭޝަނަށް ބޭރު ޤައުމުތަކުގައި ލައިސަންސް ދިނުމާއި އެނަމުގައި ތަންތަން ތަރައްގީކުރުމުގެ ފީގެ ގޮތުގައި 44.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ […]
