ތެޔާޅީސް މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިންމައި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް ”ގްރީން ނޯޓިސް“ ނެރެފިއެވެ. ހޯމްލޭންޑު މިނިސްޓްރީން ވިދާޅުވެފައިވަނީ ”ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު“ ވެސް މިވަނީ އާންމުކޮށްފައި ކަމަށެވެ. މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވާނީ ”ގްރީން ނޯޓިސް“ ނެރެފައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިގޮތުން، މިހާތަނަށް […]
ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ: މިނިސްޓަރ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ހޯމްލޭންޑު މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި އޮޕަރޭޝަނުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށެވެ. ބިދޭސީން ރާއްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް […]
މެޑަމް ސާޖިދާ ރާއްޖެ ވަޑައިގެންފި

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެންފިއެވެ. މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވަނީ ވާހަަކަފުޅު ދައްކަވާފައެވެ. މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ […]
ފަގީރުކަން ކުޑަ ނުކުރެވިގެން އުޅެނީ

ޕާކިސްތާނަށް ދިމާވެފައިވާ މޫސުމީ މައްސަލަތަކާއި އަދި ކޯވިޑާ ހެދި ކުރިމަތި އިގްތިސާދީ މައްސަލަތަކުން އަދިވެސް އަރައި ގަނެވޭ ގޮތެއް ނުވެއެވެ. ބޭރުގެ ލޯނު ނެގުމަށް ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ. މިކަމަކީ ފަގީރުކަން ކުޑަކުރުމަށް ހުރަސް އެޅޭ ކަމެކެވެ. އަދި ފަގިރުކަން ކުޑަ ކުރުމުގައި ޕާކިސްތާން ނާކާމިޔާބުވެފައިވާއިރު، އެގައުމުގެ އާބާދީގެ %40 އަށްވުރެ ގިނަ މީހުން އަދިވެސް އުޅެމުން ދަނީ ވޯލްޑް ބެންކުން ބަލާ މިންގަޑަށް ވުރެން ދަށުގައި ފަގީރުކަމުގައެވެ. މިދިޔަ ދުވަސްތަކުގައި ޕާކިސްތާނުން ކޮށްފައިވާ […]
