ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރު ކޮށްފި

ފުލުހެއްގެ ގައިގައި ސަކަލަކުން ޖެއްސި މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާ ހިނގީ މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުން ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެމަސައްކަތް ކުރަމުންދަނިކޮށް ޖަވާހިރުމާ ހިނގުމުން އިރަށް ދުއްވާފައި […]
ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން: ރައީސުލްޖުމްހޫރިއްޔާ

ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙައްމަދު ރަސޫލުﷲ […]
ރައްޔިތުންގެ އިތުބާރު ލިބޭނީ ދެ ފުށްފެންނަ ގޮތަށް މަސައްކަތް ކޮށްގެން: މޭޔަރ

މާލެ ސިޓީ ކައުންސިލާ މެދު، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ޓަކައި، މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ދެ ފުށްފެންނަ ގޮތަށް މަސައްކަތްތައް ކުރުން ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވީ ވިސްޓްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް އަންގާރަ ދުވަހުގެ ރޭ ކައުންސިލްގެ، ބޮޑުތަކުރުފާނުމަގުގައި ހުންނަ އޮފީހުގައި ކުރިއަށް ދިޔަ ސެޝަނަށް ފަހު ދެއްކެވި ވާހަކަ ފުޅުގައެވެ. މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ، ދެ […]
މާލެ ސިޓީ ކައުންސިލްގެ އެސްޖީއަށް އަބްދުލް މުހައިމިން ނަސީރު

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފި ކަމަށް އެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެސްޖީގެ މަގާމަށް އޭނާ އައްޔަން ކުރީ، މާލެ ސިޓި ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. މުހައިމިން އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމުގަ އެވެ. މުހައިމިނަކީ، މީގެ ކުރިން، ތަޢުލީމާދާއިރާގައި، ގިނަ […]
ދެތަނބު ދޭތެރޭ ނަމާދު ކުރުން

ދެތަނބު ދޭތެރޭ ނަމާދު ކުރުމީ މައްސަލައެއް ނޫނެވެ. ޙުސައިން ރަޝީދު އަޙުމަދު އިމާމު މުސްލިމާއި އެނޫން ބޭކަލުން ރިވާ ކުރައްވާފައި ވެއެވެ. كَانَ سَلَمَةُ يَتَحَرَّى الصَّلَاةَ عِنْدَ الْأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ، فَقُلْتُ لَهُ : يَا أَبَا مُسْلِمٍ، أَرَاكَ تَتَحَرَّى الصَّلَاةَ عِنْدَ هَذِهِ الْأُسْطُوَانَةِ. قَالَ : رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى الصَّلَاةَ عِنْدَهَا.(رواه مسلم) (މާނައީ: ސަލަމާ (ރަޟިޔަﷲ ޢަންހު) އާދަކޮށް ނަމާދުކުރައްވަނީ […]
ގައްސާމް ބްރިގޭޑަކީ ބިރުވެރި ބައެއް

ހަމާސްގެ އަސްކަރީ ގޮފި، ގައްސާމް ބްރިގޭޑަކީ އަދިވެސް އިޒްރޭލު ސިފައިން ބިރުގަންނަ ވަރުގެ ހަނގުރާމައިގެ މެޝިނެކެވެ. ޣައްޒާގެ ދެކުނުގައި ގައްސާމުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އުދުވާނީ ޔަހުދީ ސިފައިންގެ ހަތް މީހަކު ނައްތާލާފައި ވެއެވެ. މި ޔަހޫދީން ނައްތާލާފައި ވަނީ އެމީހުން ތިބި އާމަރޑް ވެހިކަލެއްގައި ގޮވާ އެއްޗެއް ޖައްސައިގެންނެވެ. މިމީހުންގެ ނަންތައް ސިއްރު ކޮށްގެން އުޅުމަށްފަހު މިހާރު ވަނީ އާންމުކޮށްފައެވެ. މި އެންމެންނަކީ އުމުރުން 19އާއި 21 އަހަރާ ދެމެދުގެ ޔަހޫދީ ހަނގުރާމައިގެ މުޖުރިމުންނެވެ. ޔަހޫދީ […]
