ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޕްލެނަރީ ބަޔާން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި، އިސްތިރާޖީ ރޭވުމާއި ދެމެހެއްޓެނިވި ވުނޭރުކަމުގެ އެހީގައި ތަރައްޤީ ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްލެނަރީ ބަޔާނެއް ދެއްވައިފިއެވެ. އެމަނިކުފާނުގެ ބަޔާނުގައި، މިހާރު ދުނިޔެއަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފައްދައި ދައުރުކުރުމުގެ ވިއުގަތަކަށް ހުރަސް އެޅި، ނުރައްކާތެރިކަން އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ނިޒާމީ ގޮތުން […]
ރައީސް ސިންގަޕޫރުގެ އައި.ޓީ.އީ ހެޑްކުއާޓަރަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ބައިވެރިވެވަޑައިގަންނަވައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ އައި.ޓީ.އީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ގޯ މޮންގް ސޮންގްއެވެ. އައި.ޓީ.އީގެ ސަބްސިޑަރީއެއް […]
ތިމާވެއްޓާ ގުޅޭ އެއްބަސްވުމެއްގައި ސިންގަޕޫރާއެކު ސޮއިކޮށްފި

ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ސިންގަޕޫރާއި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ވޮންގް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ދެގައުމުގެ ދެމެދު މިހާރުވެސް އޮތް ގާތް ރަޙުމަތްތެރިކަމާއި ބައިވެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައިވެފައިވާ އެއްބަސްވުމެއް ކަމަށް ފަތުރިވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ”ޚާއްސަކޮށް ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަށް މި އެއްބަސްވުމުގެ ދަށުން […]
