ކޮންމެ އަންގާރަ ދުވަހަކު އާޓު ކުލާހެއް

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އާރޓް ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މިއީ ހުޅުމާލެ ނާދީ އާއި އާރޓީ ފިންގާސްއާއި ގުޅިގެން ކުރިއަށް ގެންދާ ކުލާސްތަކެކެވެ. މި އާރޓް ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގައި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައެވެ. މި ކުލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރު 3027587 ގުޅައި ނަންނޯޓް ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ […]
ރައީސް ސިންގަޕޫރުގެ ޓުއަސް ޕޯޓަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގ ސޯ ލިއޮން އަދި ޕީ.އެސް.އޭ އިންޓަރނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޮހ އެވެ. ޓުއަސް ޕޯޓުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށްވަނީ އެތަނުގައި ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިށްދާ […]
އެންމެ ބޮޑު ހުރަހަކީ ދަރަނި: ނާއިބު ރައީސް

ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކަށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ބައިނަލްއަޤްވާމީ ހަތަރުވަނަ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ހަވާސާގައި ކުރިއަށްދިޔަ ”ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް“ އިވެންޓްގައި ވާހަކަފުޅުދައްކަވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ […]
ހަތަރު ސަތޭކަ ބާވީސް އުޅަނދެއް ޓޯވކޮށްފި

ޖޫން ބާރައިން ތިރީހަށް ފުލުހުން ވަނީ މާލޭގެ މަގުތަކުން 422 އުޅަނދު ޓޯވ ކޮށްފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ކުރިކަމެކެވެ. މި މަސައްކަތުގެ ދަށުން މަޖީދީ މަގުން އެކަނިވެސް 219 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 216 ސައިކަލަކާއި، 2 ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ސައިކަލު ކަމަށް ފުލުހުން ވިދާޅުވިއެވެ. […]
އައްޑޫގައި އެކްސިޑެންޓެއް، މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ކަފިހި ހުރަހުން މަގުހުރަސް ކުރަނިކޮށް މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:24 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭއީއެޗަށެވެ. ދެ މީހުންކުރެ މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން […]
އެމެރިކާގެ ޖީޕީއެސްގެ ނިޒާމު

އެމެރިކާގެ ޖީޕީއެސްގެ ނިޒާމު ދޫކޮށް އީރާނުން ޗައިނާގެ ބައިޑޫ ސިސްޓަމް ބޭނުން ކުރަން ފަށައިފިއެވެ. އީރާނުން އެމެރިކާގެ ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް (ޖީޕީއެސް) ބޭނުންކުރުން ހުއްޓާލާފައި ވަނީ 12 ދުވަހުގެ ޔަހޫދީ އުދުވާނާ ގުޅިގެން ފާހަގަ ވެގެން ދިޔަ ސްޓްރެޓިޖިކް މައްސަލަތަކާ ގުޅިގެންނެވެ. ޗައިނާގެ ބެއިޑޫ ނޭވިގޭޝަން ސިސްޓަމަށް ބަދަލު ކުރމުގެ މަގްސަދަކީ، ހުޅަނގުގެ ޓެކްނޮލޮޖީއަށް ބަރޯސާވުން ކުޑަކުރުމަށް އީރާނުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އީރާނުން ބުނެއެވެ. ޚާއްޞަކޮށް އަސްކަރީ އޮޕަރޭޝަންތަކާއި އިންފްރާސްޓްރަކްޗަރ ފަދަ މުހިންމު ދާއިރާތަކުގައި […]
ބެންޗްމާކިންގ ދަތުރުފުޅެއްގައި މަޖިލީހުގެ ވަފްދެއް ސީޝެލްސްއަށް

ސީޝެލްސްއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމްއާއި ވަފްދުގެ ބޭފުޅުން މިއަދު، ސީޝެލްސްގެ ޕާލަމެންޓްގެ ރައީސްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ސްޕީކަރ ރޮޖާ މާންސިއެންއާއެކު އޮތް ބައްދަލު ކުރެއްވުމުގައި އަޙުމަދު ނާޒިމްގެ އިތުރުން، މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލްއާއި މެމްބަރު ހުސައިން ރިޒާ އާދަމްއާއި މެމްބަރު ހަސަން ޒަރީރާއި މެމްބަރު ހުސްނީ މުބާރަކް ބައިވެރިވެ ވަޑައިގަތެވެ. ސީޝެލްސްގެ ޕާލަމެންޓުން، ސްޕީކަރ މާންސިއެންގެ އަރިހުގައި ޑެޕިއުޓީ […]
