ދަތުރުނާމާ (ހަވަނަ ބައި)

ޢަލީ ފިރާޤު ބުނަމުން ގެންދިޔައީ އޭނާގެ އިންތިޒާރު ނިމުމަކަށް އައީ އަހަރެން ފެނުނު ދުވަހުން ފެށިގެން ކަމަށެވެ. އާނއެކެވެ. ޢަލީ ފިރާޤު ބޭނުންވަނީ އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ހަދާށެވެ. ސަމްސުއްނިސާއެއް ނޫނެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭންގުނު ކަހަލައެވެ. ސަމްސުއްނިސާއަށްވެސް އަހަރެން ދޭނީ ކޮން ޖަވާބެއްހެއްޔެވެ. އޭނާގެ ފަރާތުން އަހަރެން ހުށައެޅަން ގަސްތުކޮށްގެން ހުރި ހުށައެޅުމަށް ޢަލީ ފިރާޤު ނޫނެކޭ ބުނި ނަމަވެސް އަހަރެންނަށް ތަންކޮޅެއް ފަސޭހަވީހެވެ. އެކަމަކު މިހާރު އަހަރެންނަށް މިހުރެވުނީ އެކަންވެސް ކުރަން […]
