”ނެއިބަރހުޑް ފަސްޓް“

އިންޑިއާއިން ގެންގުޅޭ ސިޔާސަތަކީ، މުޅި ސަރަޙައްދުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ ސިޔާސަތެކެވެ. އިންޑިއާގެ މި ފަދަ މަސައްކަތްތަކުގެ ސަބަބުން، އިޤްތިޞާދީ ގުޅުންތައް ވަރުގަދަވެ، ސަގާފީ ބަދަހިކަން އިތުރުވެ، އަދި ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް މަގުފަހިވެގެންދެއެވެ. އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް“ ސިޔާސަތަކީ ހަމައެކަނި އެ ޤައުމުގެ އަމިއްލަ މަޞްލަޙަތަށް ބަލައިގެން ކުރިއަށްގެންދާ ކަމެއް ނޫނެވެ. މިއީ މުޅި ދެކުނު އޭޝިއާގެ ސަރަޙައްދުގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ސިޔާސަތުގެ ސަބަބުން، ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ […]
2040ގެ އަމާޒު

2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 2040 ގެ އަމާޒަށް ވާޞިލުވުމަށް ދިވެހި ޤައުމުގައި […]
މަތީ ތަޢުލީމުގެ ލޯން

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް، ކަމާ ބެހޭ ވުޒާރާތަކަށް އަންގަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަހަރު މި ސްކީމަށް ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން 806 ދަރިވަރެއްގެ ހުރިހާ ޝަރުތެއް ހަމަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ އެކު، މި ހުރިހާ ދަރިވަރުންނަށް […]
