މަސްތުވާތަކެއްޗާ ބެހޭ ބިލުގައި މަރުގެ އަދަބު ހިމެނުމަށް އަންގައިފި

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ވާނީ ދަންނަވާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް […]
މޮރޮކޯގެ ޚާރިޖީވަޒީރަށް ތަހުނިޔާ

މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފި ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ”މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަނިކުފާނަށާއި މޮރޮކޯގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.“ ވަޒީރު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި މޮރޮކޯގެ ގުޅުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، އެއްގޮތް ޘަޤާފަތާއި ތާރީޚުގެ ތެރޭގައި […]
ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާބެހޭ އޮފީހުން މިއެލާޓް ނެރެފައިވަނީ ހެނދުނު ހަތަކުން މެންދުރުފަހު އެއްގަޑި ބަޔަށެވެ. މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ މި ސަމާލު ނެރުނީ ގަޑިއަކު 19 މޭކާއި 24 މޭލޭ ދެމެދު ވައިގަދަވާނޭ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުތައް ގަދަވާނޭ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
