އއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި ބައްދަލުވުމުގައި މި ޚިދުމަތްތައް ފަށްޓަވާދެއްވީ ދާޚިލީ ސަލާމަތާއި ފަަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާފަވާއިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 13 އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި […]
މާލޭގެ ބައު އިމާރާތްތަކުގެ ލިސްޓެއް އެކުލަވާލައިފި

މާލޭގައި، މީހުން ދިރިއުޅެން އެކަށީގެން ވާ މިންވަރަށް ވުރެ ބޮޑަށް، ބައުވެފައިވާ ޢިމާރާތުގެ ގޮތުގައި، މިހާތަނަށް ފާހަގަ ކުރެވިފައިވާ ޢިމާރާތް ތަކުގެ ލިސްޓެއް، މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފި އެވެ. މާލެ ސިޓީ ކައުންސިލުން އެކުލަވާލި މި ލިސްޓުގައި، މާލޭގެ ހަތަރު އަވަށުން މި ހާތަނަށް ފާހަގަ ކުރެވިފައި ވަނީ ޖުމްލަ 25 އިމާރާތެކެވެ. އެ ގޮތުން ބާ ވެފައިވާ ޢިމާރާތްތައް އެންމެ ގިނައިން ހުރި ހޭންވޭރުގައި އެ ފަދަ 14 ޢިމާރާތް އެބަހުއްޓެވެ. ދެން އެންމެ […]
