ދަރަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށައިފި

ބ. އަތޮޅު ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާމެއެވެ. ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ.އަތޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު […]
