މަކުނުދޫގައި ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށައިފި

ހދ. މަކުނުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ. ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައި ދެއްވުމުގެ ގޮތުން ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް އާއި މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އާދަމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަފީގްވެސް […]

އެފްއޭއޯގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އިން ބޭއްވި ބީބީއެންޖޭ ޕްރޮޕްކޮމް2 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝިނާން ކަމަށްވެސް އެވުޒާރާއިން ވިދާޅުވެފައިވެއެވެ. މުޖުތަމަޢުތައް ކަނޑާ ގުޅިފައިވާ މިންވަރާއި ކަނޑުގެ ދުޅަހެޔޮކަމާއި އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ދެމިއޮތުން ގުޅިލާމެހިފައިވާ ގޮތް މި ބައްދަލުވުމުގައި ރާއްޖެއިން ފާހަގަކުރިއެވެ. ބީބީއެންޖޭ އެއްބަސްވުމުން ރާއްޖެއަށް އެކި ގޮތްގޮތުން […]

މެލައިމުގު ހުޅަނގުން ވަދު ކަނދުފަތި ގާއިމްކޮށްފި

ގއ. މެލައިމުގު ހުޅަނގުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ވަދު ކަނދުފަތީގެ ނަންބަރަކީ O09V01އެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ: 00°51.000’N 073°06.600’E ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް […]

އިގްތިސާދީ ކަންކަމަށް އިޖާބަ ދޭނަން: ރައީސް

އިޤްތިޞާދީ ނަފާ ހޯދުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލުން ހުށަހަޅާ ކަންކަމަށް އިޖާބަ ދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށާއި، އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ […]

ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ވައިކަރަދޫގައިއަޅަނީ

އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހދ. ވައިކަރަދޫގައި އަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، މިއަދު ވައިކަރަދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި ޤުރުއާނަށް ލޯބިކުރާ، އަދި ރީތިކޮށް ޤުރުއާންކިޔަވާ ޤާރީން ގިނަކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި، ބަނދަރުގެ މަސައްކަތް […]