މީޑިއާ ބިލް ބޭރުނުކުރުމުން އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

މިއަހަރު އޮގަސްޓް ސަތާރަ ވަނަދުވަހު ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް ހަންނާން އަބޫބަކުރު، ހުށަހެޅުއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ ދައުރުން ބޭރުން ބޭއްވެވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން އެމްއެމްސީން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި […]

އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައިނުވާ ހޯމްމިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފައިވާ ކަމަށެވެ. އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ. ނޫސްވެރިން މުޒާހަރާ ކުރީ […]