ރާއްޖެ އިސްތިހާރުކުރަން މަނިކު ވަނީ ވަރުގަދަ ދައުރެއް އަދާކޮށްފައި

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޚަބަރު އެއްސެވީ ވަރަށްފުން ހިތާމަޔާ އެކުގައި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމަޔަށް ތަރައްޤީވެ ކުރިއަރައިގެންދިޔުމުގައި، […]

ދަތުރުނާމާ (ބާރަވަނަ ބައި)

އަހަރެންގެ އަތުން ފޯރމު އަތުލުމާއިއެކު، ޢަލީ ފިރާޤު ޖީބުގައި އިން ގަލަން ނަގާ، އެފޯރމުގައި ސޮއި ކޮށްލުމާއިއެކު، އަހަރެންގެ އަތަށް ފޯރމު އަނބުރާ ދިއްކޮށްލިއެވެ. ނިކުންނާނެ ނަތީޖާއަކަށްވެސް ބެލުމެއް ނެތިއެވެ. އަދި އިތުރު އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައީއެވެ. ޢަލީ ފިރާޤު ބޭރަށް ނިކުމެގެން ދިޔަތަން ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. ސަމްސުއްނިސާވެސް އޮތީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަހަރުމެން ދެމީހުންނަށްވެސް ބަލައިލެވުނީ، އެކަކު އަނެކަކާއި ދިމާއަށެވެ. ސަމްސުއްނިސާއަށް ބާރަށް ރޮއެގަނެވުނެވެ. އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. […]

އިންޖިނޭރުންގެ ޤައުމީ އެވޯޑް ދޭން ފަށަނީ

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފައްޓަވާފައިވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެ. މި […]