މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލް ތަސްދީގު ކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ، 2025 ސެޕްޓެންބަރު 16 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ (6) އިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށައިފައެވެ. މި ގާނޫނުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، […]
ނޫސްވެރިންގެ، މުޒާހަރާގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ނުކުރޭ: ޕޮލިސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގައި ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިނުވާނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން، މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމުން ފުލުހުންވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއިމ އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން ޑިޕްލޮއިކޮށްފައި […]
ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަ މުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. އެއީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ބުނީ ނޯތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް، […]
