ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަބަބު ހާމަކޮށްފި

ހޮނިހިރު ދުވަހުގެރޭ ދަންވަރު 3:30 ހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ މިކަމާއި ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވިފައިވަނީ ފަތިހު 4:56 ހާއިރު ކަމަށެވެ. ”މިދެންނެވި ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް […]
ގަވާއިދާ ހިލާފަށް ލަންކާގައި ކޯސްތަކެއް ހިންގާތީ ސަމާލުވާން އެދިއްޖެ

އަވަށްޓެރި ސްރީލަންކާގެ ކަމާ ބެހޭ އޮތޯރިޓީތަކުން ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް މަތީ ތައުލީމުދޭ ޕްރޮގުރާމްތަކެއް ހިންގާތީ އެގައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭއިން) އެދިއްޖެއެވެ. މިކަމަށް ސަމާލުވުމަށް އެދި އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ލަންގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަދޭ މިގަނޑާ ހިލާފަށް އެ މިންގަނޑުން ބޭރުން އެ ގައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގާކަން ފާހަގަވާ ކަމަށެވެ. އެގޮތަށް މިންގަނޑާ ހިލާފަށް އެ […]
ޑޮޓަރުންނަށް މަރުގެ އިންޒާރުދިނުމުން ހައްޔަރުކޮށްފި

މާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެހް ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ތަނުގެ ޑޮކްތަރުންނާއި، ނަރުހުންނަށް ބިރު ދަައްކައި މަރުގެ އިންޒާރު ދީގެން ހައްޔަރު ކޮށްފިއެވެ. އެހެންކަމުން ބިރު ދެއްްކުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ، ގދ. ވާދޫ/ފުރުސަތު ލޫތު އިބްރާހިމް، 28އ، އެވެ. ފުލުހުން ބުނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި ހިނގި މި މާރާމާރީއާ ގުޅިގެން އަނިޔާވި ލޫތުއަށް ފަރުވާ ދިނުމަށް ހަމަ އެ ދުވަހު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ފުލުހުންގެ ހައްޔަރަށް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިން ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / […]
