ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ އިންތިޒާމް ޤާއިމްވެގެންދާނެ: ވަޒީރު

ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކަށް މަރކެޓް ހޯދައިދިނުމާއި މަރކެޓަށް ތަކެތި ފޯރުކޮށް ދިނުމަކީ ގޮންޖެހުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅު ވެއްޖެއެވެ. ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިތާބުގައި އެކަމަނާ ވިދާޅުވެފައިވަނީ މި ގޮންޖެހުން ތަކުން އަރައިގަތުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި އެގްރޯ ނެޝިނަލް ކޯޕަރޭޝަނާއެކު، މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ”ކައިރި މުސްތަޤުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ ތަކެތި ވިއްކޭނެ އިންތިޒާމް ޤާއިމްވެގެންދާނެ.“ އެކަމަނާ […]
މިދަނީ ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމަށް އަމާޒު ހިފަހުން: ވަޒީރު

ދަނޑުވެރިކަން ކުރުމަށް ދިވެހިރާއްޖޭގެ ބިން ކުޑަވެފައި، ފެންފަށަލަތައް ލޮނުވުންފަދަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެންދެއްވި ޚިތާބުގައި ވަޒީރު ވިދާޅުވެފައިވަނީ މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ދިވެހި ދަނޑުވެރިން ދަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުން ކަމަށެވެ. އެކަމަނާ ވިދާޅުވީ ”މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް، ވަރޓިކަލްފާމިންގް އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމަށް އަޅުގަނޑުމެން […]
