ޤައުމެއް ކުރިއަރާނީ ސިކުނޑިއާއި އަތްތައް ތަރައްޤީވެގެން: މެޑަމް ސާޖިދާ

ޤައުމެއް އާރާސްތުވެ ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްޤީވެ، ވިސްނުންތެރިކަމާއި އުފެއްދުންތައް މަތިވެރިވެގެންކަމަށާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް އަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ދިވެހި ހުރިހާ ޒުވާނުންނަށް ގޮވާލައްވައިފިއެވެ. އެކަމަނާ މިފަދައިން ގޮވާލެއްވީ، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން، ޤާބިލު، ދިވެހި ޒުވާނުން އުފެއްދުމަށް ބާރު އަޅާ، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކުރައްވައިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ، ”ސްކިލްފެސްޓް“ […]

”ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް“ އިފްތިތާޙު ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން ”ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް“ އިފްތިތާޙުކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކެމްޕޭން އިފްތިތާޙުކޮށްދެއްވީ ބާސެލޮސް ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން ”ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް“ އިފްތިތާހުކުރުމަށާއި ބައެއް އައު ޕްރޮޑަކްޓް އިފްތިތާހު ކުރުމަށާއި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމަށް […]

ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޙުސްނީ މުބާރިކް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް […]

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ތުރުކީވިލާތުން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެއް ޤައުމުން […]