ރައީސް މައުމޫނަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ އަރުވައިފި

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ވެސް ހަނދާނީ އައްޑަނައެއް އަރުވައިފައެވެ. މި އައްޑަނަ އަރުވާފައިވަނީ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ. ރައީސް މައުމޫނަށް މިއައްޑަނަ އެރުވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ […]

ނޮވެމްބަރު ތިނެއްގެ ސަބަބާއި މަގުސަދު ދިރާސާކުރުން

އެއްބަޔަކު ގަޔާނުވާނެ މައުޒޫއެކެވެ. އެކަމަކު ފަށަންޖެހޭ މައުޒޫއެކެވެ. ނަމަވެސް މި ލިޔުމުގައި ބަޔާންކުރާނީ ދިރާސާ ކުރެވިދާނެ މައުޒޫއެއްކަން ދޭހަވާ މަދު ނުކުތާތަކަކާއި އޭގެ ބައެއް މިސާލުތަކެކެވެ. އުންމީދަކީ އިލްމީގޮތުން ފަރުމާކުރެވިފައިވާ ދިރާސާއެއް އެކަމަށް ގާބިލް ބޭފުޅަކު ކުރެއްވުމެވެ. ގައުމަށްޓަކައެވެ. ގައުމުގެ މުސްތަގުބަލު ރޭވުމުގެ އެހީއެއްގެ ގޮތުންނެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާއަކީ އާދައިގެ ކަމެއް ނޫނެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވާ ފަދައިން ”އެދުވަހުގެ އެ ޢުދުވާނީ ހަމަލައިގައި، އެ ޣަދަރުވެރި ބާޣީންނަށް ކާމިޔާބުވިނަމަ، […]