ކައުންސިލް އިންތިޚާބު: އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއްނެތް: އުމަރު

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި މާލޭސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައިފައިވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރަކީ 2028 ވަނައަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މިހާރުވެސް ކެންޕޭން ކުރަމުންދާ ބޭފުޅެކެވެ. މީގެ ކުރީން އަޑުއިވިފައިއޮތީ ޕީއެންއެފްއިން ވާދާކުރާ ކެންޑިޑޭޓު ޒަރިޔަންދަށް އުމަރު ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އުމަރު ތާއީދުކުރާ ކެންޑިޑޭޓަކާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ މާލޭސިޓީއަށް ވާދަކުރަމުންދާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް […]
ނަތީޖާ ނެރެވޭނީ މުޅި ޑަބްލިޔުޑީސީ އެކައްޗެއް ކިޔައިގެން: އީނާ

އައްޑޫސިޓީ ފޭދޫ ފަރިމާގޭ، އާމީނަތު އީނާ ނަސީރު، އެ ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާ ކަމަށް ކުރިމަތިލީ ސަމާސާއަކަށްނޫނެވެ. އޭނާގެ އުންމީދުތައް ފޮނިވެފައި ވަރަށްގިނައެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް އިތުރުވެފައި ފައިދާ ބޮޑެވެ. އީނާ ޑަބްލިޔުޑީސީގެ ރައީސާކަމަށް އިންތިޚާބު ކޮށްފި ކަމަށްވާނަމަ އޭނާ އެންމެ އިސްކަންދޭނީ ހޭލުންތެރި މުޖުތަމައެއް ބިނާ ކުރުމަށެވެ. އެކަމަކު ގާނޫނާއި ގަވާއިދުގެ މަތީންނެވެ. އީނާގެ މޭސްތިރިކަމުގެ ދަށުން ތައުލީމީ ގޮތުން އަންހެނުންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރާނެއެވެ. އޭގެ އިތުރުން ސިއްހީގޮތުން އަންހެނުން […]
