ގާއިމްކޮށްދޭނީ ރައްޔިތުން އެދޭފަދަ ރައްޔިތުންގެ ކައުންސިލެއް: ސަބާހު

ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި، ގދ. ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދާކުރަނީ އެރަށު، މޯނިންގްހައުސް، މުޙައްމަދު ޞަބާހެވެ. ސަބާހަކީ ކާކު؟ އޭނާއަކީ އުމުރުން އަށާރަ އަހަރު ފުރުމާއެކު އެމްޑީޕީއަށް ސޮއިކޮށްގެން އަދާ ހަމައަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުރި ސިޔާސީއެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަން ކޮށްފައެވެ. އޭގެ  އިތުރުން އެރަށު އިންޖީނުގޭ އެސިސްޓެންޓް މެނޭޖަރުކަން ވެސް ވަނީ ކޮށްފައެވެ. އަދި ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ އިސްވެރިއެއްގެ ގޮތުން […]

ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ވަކިކުރުމުގެ ސިއްރު؟

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަޖީދު އިބްރާހީމް އެ މަގާމުން ވަކިކުރައްވައިފިއެވެ. އަބްދުލްމަޖީދު މަގާމުން ވަކިކުރެއްވި އިރު، އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. މީގެ އިތުރުން، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ބެލެހެއްޓުމުގެ ޒިންމާ ވެސް މިހާތަނަށް އުފުއްލަވަމުން ގެންދެވީ އޭނާއެވެ. ލެބަރުންގެ މައްސަލައަކީ ސަރުކާރުން ހައްލު ކުރަން އުޅޭ ހައްލު ނުވާ އުދަގޫ މައްސަލައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. […]

އިންތިޚާބާ ގުޅިގެން އަދިވެސް ކޯޅުންތައް އިތުރު ވަނީ

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ދަރިވަރުންގެ ގޮފި ކަމަށްވާ ޖާތިޔަތަބާދީ ޗާޓްރާ ދަލް (ޖޭސީޑީ) ގެ އެކްޓިވިސްޓުން ވަނީ ބަންގްލަދޭޝް އިލެކްޝަން ކޮމިޝަން (ބީއީސީ) ގެ މައި މަރުކަޒު ކުރިމަތީގައި މުޒާހަރާކޮށްފައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިލެކްޝަން ކޮމިޝަނުން އަމަލުކުރަނީ ވަކި ފަރާތަކަށް ޖެހިގެންނެވެ. ބަންގްލަދޭޝްގައި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި، ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޑުއަލް ސިޓީޒަންޝިޕް އޮންނަ ފަރާތްތަކަށް ވާދަކުރެވޭނެތޯ އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ […]

ބަނގްލަދޭޝްގައި އިންފްލޭޝަން މަތިވެއްޖެ

ބަންގްލަދޭޝްގައި ތަކެތީގެ އަގު އުފުލޭ މިންވަރު 8 އިންސައްތައަށްވުރެ މަތީގައި ހުރުމުން އިގްތިސާދީ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި: 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ވަނީ 8.49 އިންސައްތައަށް އަރާފައެވެ. އިންފްލޭޝަން ރޭޓް 8 އިންސައްތައަށްވުރެ މަތީގައި ހުންނަތާ ވިދިވިދިގެން 41 ވަނަ މަހެވެ. ތަފާސްހިސާބުތަކަށް ބަލާއިރު: ކާބޯތަކެތީގެ އިންފްލޭޝަން 7.71 އިންސައްތައަށް އުފުލިފައި ކާބޯތަކެތި ނޫން އެހެނިހެން ތަކެތީގެ އިންފްލޭޝަން ވަނީ 9.13 އިންސައްތައަށް އަރާފަ މުވައްޒަފުންގެ އާމްދަނީ […]

ސާފު ހަކަތައިގެ ލަނޑުދަނޑިއަށް

2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ’ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން‘ (އެން.ޑީ.ސީ) ލަނޑުދަނޑި، ކަނޑައެޅި މުއްދަތުގެ ފަސް އަހަރު ކުރިން ހާސިލްކުރި ފުރަތަމަ ޖީ20 ގެ ގައުމަކަށް އިންޑިއާ ވެއްޖެއެވެ. އިންޑިއާގެ އިންސްޓޯލްޑް ޕަވަރ ކެޕޭސިޓީގެ 484 ޖީބީ ގެ ދެބައިކުޅަ އެއްބަޔަކީ މިހާރު ތިމާވެއްޓާ ރައްޓެހި ނޮން-ފޮސިލް ފިއުލް ވަސީލަތްތަކުން އުފައްދާ ހަކަތައެވެ. ވޭތުވެދިޔަ އަހަރަކީ އިންޑިއާގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެކެވެ. މިދިޔަ އަހަރު އެކަނިވެސް 44.5 ޖީބީގެ އިއާދަކުރަނިވި ހަކަތަ […]

އީރާނަށް ހަމަލަ ދިނުމަށް އެމެރިކާ ތައްޔާރުވެއްޖެ

މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް މި ހަފުތާގައި އިތުރުކޮށްފައިވާ މިންވަރަކީ، މިދިޔަ ޖޫން މަހު އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި ”ރައިޒިންގ ލަޔަން“ އޮޕަރޭޝަނަށް ފަހު، ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އެންމެ ބޮޑަށް މި ސަރަހައްދުގައި ވަރުގަދަކުރި ފަހަރު ކަމަށް އިޒްރޭލު ސިފައިންގެ ރޭޑިއޯއިން ރިޕޯޓުކޮށްފިއެވެ. އިޒްރޭލުގެ މީޑިއާން ބުނާ ގޮތުގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ”އަބްރަހަމް ލިންކަން“ މިހާރު އޮތީ އިންޑިއާ ކަނޑުގައެވެ. އަދި ކުރިއަށް އޮތް […]

ރަޝިޔާގެ ޚާރިޖީ ވަޒީރު ދެއްވާ ޚާއްސަ މެޑަލް އަލީ ފައުޒީއަށް

ދިވެހިރާއްޖެއާއި ރަޝިޔާ ފެޑެރޭޝަނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ރަޝިޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސަރގޭ ލާވްރޯވްގެ ފަރާތްޕުޅުން އަރުވާ ޝަރަފުވެރި މެޑަލެއް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލް އަލީ ފައުޒީއަށް އަރުވައިފިއެވެ. ޖެނުއަރީ 22 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ދެއްވާ ”ފޯ ކޯޕަރޭޝަން“ މެޑަލް އަލީ ފައުޒީއާ ހަވާލުކޮށްދެއްވީ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެވަން […]

ރާއްޖެއާއި ރަޝިޔާގެ އަސްކަރީ މަޝްވަރާތައް

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަން ޖަގާރިއަން، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސަފީރު މިހާރު މާލެއަށް ކުރައްވަމުން ގެންދަވާ މަސައްކަތު ދަތުރުފުޅުގެ ތެރެއިން  ބުރާސްފަތި ދުވަހުއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ސަލާމަތީ އެއްބާރުލުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ދިފާޢީ އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. […]