މޫސާގެފާނުގެ ސާމިރީއާއި މިޒަމާނުގެ ޓްރަމްޕާއި އޭނާގެ ސުލްހަ މަޖިލިސް

ތާރީޚުގެ ތެރެއިން، މުއުމިނުންނަށް އިންޒާރެއްގެ ގޮތުގައި ބައެއް މިސާލުތައް ތަކުރާރުވަމުންދެއެވެ. މީގެ ތެރެއިން އެއް ސަޚްސިއްޔަތަކީ މޫސާގެފާނުގެ ޒަމާނުގައި ބަނީ އިސްރާއީލު މީހުން މަގު ފުރެއްދި ސާމިރީއެވެ. މި ކަލޭގެއަކީ، ރަން ގެރިއެއް ހަދައިގެން އެ ގެރިއަށް އަޅުކަންކުރުމުގެ ފިތުނައެއް އުފެއްދި ސާމިރީއެވެ. ސާމިރީ ވަނީ މޫސާގެ ފާނު މީޤާތަށް ވަޑައިގެން ހުންނެވި ދުވަސްވަރު، މީސްތަކުންގެ ނާޒުކު ހާލަތުގެ ބޭނުންހިފައި، އެބައިމީހުން މަގުފުރައްދާފައެވެ. މިކަލޭގެ ވަނީ އެތެރެ ހުސް، ރަން ވިރުވައިގެން އުފައްދާފައިވާ ވިދާ ބަބުޅާ ޅަ ގެރިއެއް […]