އުމުރަކީ ހިސާބު ނަންބަރެއް: ބައިވެރިއަކު ލިބުމުން ފަސްޖެހޭކަށް ނުވާނެ

އުމުރުގެ ގޮތުން ބޮޑު ދެމަފިރިންގެ ދެމެދު ފަރަގެއް ހުރި ނަމަވެސް، ކައިވެންޏަކީ މީހާ ތާޒާކޮށް ޒުވާން ކުރާ ކަމެއް ކަމަށް ރަވަލްޕިންޑީއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ހަކީމް ބާބަރު ބުނެއެވެ. ބާބަރު ވަނީ އޭނާގެ ކައިވެންޏަށް ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފައެވެ. އޭނާ ބުނި ގޮތުގައި އުމުރަކީ ހަމައެކަނި ހިސާބު އަކުރެކެވެ. އަދި ލޯބި ލޯބި ޒުވާން އަންހެނަކާ އިނދެގެން އޭނާ ކުރި ކަމަކީ އެއްވެސް ގޯސް ކަމެއް ނޫން ކަމަށެވެ. ޗަކްލާލާ ސްކީމް […]
ދޮގު ހަދަނީ ކަމަށް ބުނެ އިލްހާން އުމަރު ޓްރަމްޕް ސައިޒް ކޮށްފި

ޓްރަމްޕް ވަނީ، މިނެސޯޓާގެ ސޯމާލީ އެމެރިކަން މުޖުތަމައުގެ މެންބަރުން ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ވަގުތު މަޖިލީހުގެ ތަޅުމުގައި އިންނެވި އިލްހާން ވަނީ ވަގުތުން އެކަމަށް ރައްދުދެއްވައި، ރައީސްއަކީ ”ދޮގުވެރިއެއް“ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ”ސޯމާލިއާގެ ކަނޑުފޭރޭ މީހުން“ ވަނީ ”މިނެސޯޓާ ސުންނާފަތިކޮށްފައެވެ.“ އަދި ސޯމާލީ މުޖުތަމައުގެ ތެރޭގައި ހިމެނޭ ބަޔަކު އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ ފައިސާއިން ގާތްގަނޑަކަށް 19 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށްވެސް އޭނާ […]
ކުވައިތުގެ ވެރީންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ އަމީރު ޝައިޚް މެޝާލް އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙްއަށާއި، ބޮޑުވަޒީރު ޝައިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލްސަބާޙްއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރުޙަބާއާއި، ތަހުނިޔާ ފޮނުއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ، އެއް ޤައުމުން އަނެއް […]
ސްޕެއިންގެ ޖިންނި ހޮޓާ 50 އަހަރު ފަހުން ތަޅާލެވޭތޯ ބަލަނީ

50 އަހަރު ވަންދެން، ސްޕެއިންގެ ޓެނެރީފްގެ އައްސޭރިފަށުގައި ”ވައި“ އަކުރުގެ ބައްޓަމަށް އިމާރާތް ކޮށްފައި ހުރި ބޮޑު ކޮންކްރީޓް އޮނިގަނޑެއް ފެންނާން ހުރެއެވެ. މިއީ ”ޖިންނިން އުޅޭ ހޮޓެލް“ ކަމަށް މަޝްހޫރުވެފައިވާ އަނާޒާ ހޮޓަލެވެ. 1973 ވަނަ އަހަރު އިމާރާތް ކުރަން ފެށި، ނަމަވެސް ހުއްދަ ނެތި އިމާރާތް ކުރުމުގެ ސަބަބުން ދެ އަހަރު ފަހުން މަސައްކަތް ހުއްޓުވާފައިވާ މި 22 ބުރީގެ ބާ އިމާރާތަކީ ސްޕެއިންގައި ހުރި އެންމެ ބިރުވެރި އެއް ބިނާއެވެ. މި ހޮޓަލުގެ […]
ރޭ ހިނގި އެކްސިޑެންޓެއްގައި ސޯޅަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ރޭ ދަންވަރު ހިނގި ސައިކަލު އެކްސިިޑެންޓެއްގައި ސޯޅަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެެވެ. ފުލުހުން ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގު ބުރިޖު ލައިޓުކައިރިން ކަމަށެވެ. އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައިދަނިކޮށް ޕޭވްމަންޓު މައްޗަށް އަރަައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:39 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުވީ ސައިކަލް ދުއްވަން އިނީ ނަވާރަ އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ ލައިސަންސް އޮންނަ ޒުވާނެއް ކަމަށް ވެސް […]
