ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ނުރައްކާ އުމަރު ވިދާޅުވެ ދެއްވައިފި

އަވަށްޓެރި އިންޑިއާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމުގެ ނުރައްކާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެދެއްވައިފިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ބިރުވެރި ހަނގުރާމައާ ގުޅުވައި ޢުމަރު ވިދާޅުވެފައިވަނީ މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ވިސްނާލަން ރަނގަޅު ވަގުތެއް ކަމަށެވެ. އެކްސް މެދުވެރިކޮށް ހާމަކުރެއްވި ލިޔުމެއްގައި ޢުމަރު ވިދާޅުވެފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް މެދުއިރުމަތީގައި ގާއިމްކޮށްފައިވާ ޤައުމުތަކަށް އީރާނުން މިހާރުވެސް ދަނީ ވަރުގަދަ ޙަމަލާ ދެމުން ކަމަށެވެ. އެހެންނަމަވެސް އެ ޤައުމުތަކަކީ ސީދާ މި ހަނގުރާމައިގައި […]

ޕީއެންސީގެ، ގަލޮޅު އުތުރު ދާއިރާގެ ކެންޕެއިން ޖަގަހަ ހުޅުވުން މިރޭ

ޕީއެންސީގެ، ގަލޮޅު އުތުރު ދާއިރާގެ ކެންޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުން މިރޭ އޮންނާނެއެވެ. ހަރަކާތް އޮންނާނީ ގ. ހެޕީސައިޑް (ހުސްނުހީނާ މަގު) އެވެ. ރަސްމިއްޔާތު ފަށާނީ 21:30 ގައެވެ. މި ޖަގަހަ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އެހެން ކަމުން ”ކޮންގްރެސް ޕާޓީގެ ލޮބުވެތި މެންބަރުންނާއި މިޕާޓީއަށް ތާއީދު ކުރައްވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަން،“ އެޕާޓީން ބުނެފައިވެއެވެ. ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީގެ […]

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-4

މުސްލިމުން ދަންނަންޖެހޭ އެއްކަމަކީ ދުޝްމަނުންގެ ފޮރުވިފައިވާ މަގުސަދެވެ. އެމީހުންގެ ބޭނުމަކީ ދީނާއި ނަބިއްޔުންނާއި ރަސޫލުންނަކީ ނުވާ އެއްޗެއްކަމަށް މީހުންނަށް ވިސްނައިދިނުމެވެ. ޙައްޤު ދީނަށް އުޅެ ނަބިއްޔުން ގަބޫލުކުރާ ހަމައެކަނި ބަޔަކީ މުސްލިމުންނެވެ. ޢަދުއްވުންގެ ބޭނުމަކީ މުސްލިމުންނަކީ ބޯދާ އަދި ބާޠިލު ޢަޤީދާއެއްގައި ތިބި ބައެއްކަން މީހުންނަށް އާންމުކޮށް ވިސްނައިދިނުމެވެ. އަދި އިސްލާމް ދީނަކީ ބޯދާ ޒަމާނަށް ނުފެތޭ ހައިޖާނު އުފައްދާ ދީނެއްކަން ކަށަވަރުކޮށްދިނުމެވެ. އެމީހުންގެ ދެވަނަ މަގުސަދަކީ ފައިސާހޯދުމެވެ. އެމީހުން ހަގީގަތުގައި އަޅުކަންކުރަނީ ފައިސާއަށެވެ. އެހެންވެ މިހަޔާތުގައި […]