ޓުރަމްޕު ބުންޏަސް އަމާނެއް ނުދޭނަން: އީރާން

އެއްވެސް ޝަރުތަކާނުލައި އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލް ޖޭ ޓްރަމްޕް އިރާނަށް ގޮވައިލުމުން އީރާނުން ވަރުގަދައަށް ޖަވާބު ދީފިއެވެ. އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވި ތަގުރީރެއްގައި ވިދާޅުވީ އީރާނުން އިޒްރޭލާ އެކު ހަނގުރާމަ ކުރަމުންދާ ހިނދަކު ދުވަހަކުވެސް އަމާން ނުދޭނޭ ކަމަށް ވައުދުވާ ކަމަށެވެ. މިތަގުރީރުގައ އޭނާ ވިދާޅުވެފައިވަނީ އަވަށްޓެރި ގައުމުތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް އީރާނުގެ ލީޑާޝިޕް ކައުންސިލުން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން އަވަށްޓެރި ގައުމުތަކުން އިސްވެ ހަމަލާއެއް ނުދޭހާ ހިނދަކު […]
ސަބަބު (ދިހަވަނަ ބައި)

މުޅި ހަށިގަނޑު ފިނިވުމާއިއެކު އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނަކުން ބާއޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އެސުވާލު ކޮށްލާކަށް އަހަރެންނަކަށް ނުކެރުނެވެ. އެހެންނަސް އޭނާއަށް ޖަވާބު ދިނީމެވެ. ހަމައެކަނި ބޯ ޖަހާލުމަކުންނެވެ. ޖުމާނާއާއި ޖުވޭދާ ތިބީ ފަހަރަކު މީހަކަށް ބަލަބަލައެވެ. އެއްފަހަރު އޭނާއަށް ބަލައިލިއްޔާ އަނެއްފަހަރު އަހަރެންނާއި ދިމާއަށް ބަލައިލައެވެ. އޭރު ޖުވޭދާއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. އެހެނީ ޖުމާނާ ކައިރީގައި ވަރަށް ސިއްރުން އެއީ ކޮންކުއްޖެއްތޯ ސުވާލު ކޮށްލިއެވެ. މުޅި […]
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-8

އަންބިޔާ ސޫރަތުގެ 107 ވަނަ އާޔަތުގައި ﷲ އަންގަވަނީ ރަސޫލާ ﷺ އަކީ އެއިލާހު ޢާލަމްތަކަށް ފޮނުއްވި ރަޙުމަތެއްކަމަށެވެ. އެހެންކަމުން ﷲގެ ރަޙުމަތުގެ ރަމްޒަކީ ރަސޫލާ ﷺ އެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ނުވަތަ ގެނެސްދެއްވި މެސެޖަކީ ރަޙުމަތެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަކީ ރަޙުމަތެވެ. ރަޙުމަތާއި ގުޅިފައިވާ ހުރިހާ އެއްޗަކީ އެކަލޭގެފާނެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު އެންގެވިގޮތަށް އުޅުމަކީ ރަޙުމަތެވެ. އެކަލޭގެފާނަށް ކަމޭހިތައި ލޯބިކުރުމަކީ ރަޙުމަތެވެ. އެކަލޭގެފާނު ހިމާޔަތްކޮށް ދިފާއުކުރުމަކީ ރަޙުމަތެވެ. މިފަދަ އެތައް މިސާލަކުން […]
