އަންހެނަކަށްވީތީ މަސައްކަތު މާހައުލުގައި ތަފާތު ކުރުމެއް ނޯންނާނެ

އަންހެނަކަށްވީތީ، މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމެއް ނޯންނާނޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމިނިސްޓްރީގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ފަދަ ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން ވެސް މުވައްޒަފުންނަށް ދެއްވާ ކަމަށެވެ. އޭ އިތުރުން އެ މިނިސްޓްރީއަކީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހުރި މިނިސްޓްރީއެއް ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ […]
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރަނީ މިސަރުކާރުން: ރައީސް

އަންހެނުންގެ ތަރައްގީއަށް އެންމެބޮޑަށް މަސައްކަތްކުރަނީ މިސަރުކާރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނުކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިރު މިސަރުކާރުން ވާނީ އެކަން ޢަމަލީގޮތުން ދައްކައި ނަތީޖާ ނެރެދެއްވާފައި ކަމަށެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ރޭ ބޭއްވި ”ދަ ގްރޭޓަރ އައްޑޫ ވިޝަން“ ގެ ތަފްސީލު ލޯންޗުކުރުމުގެ ހަފުލާގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަރައްގީ ކުރުމަށް މިއަދާ ހަމައަށް އައިއިރު ކޮށްފައިވާ ކަމެއްވިޔާ ކޮށްފައިވަނީ ވެސް މިސަރުކާރުން ކަމަށް […]
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-9

ރަސޫލުﷲ ﷺ ގެ ދަރިކަލުން ޢަބުދުﷲ ވަރަށް ތުއްޕުޅު އުމުރުގައި އަވަހާރަވިއެވެ. ލިބިވަޑައިގެންނެވި މިބޮޑު ހިތާމަފުޅުގައިވަނިކޮށް އެކަލޭގެފާނުގެ އަވަށްޓެރިޔާ އަދި ބޮޑުބޭބޭކަލުން އަބޫ ލަހަބު އެކަލޭގެފާނަށް ފުރައްސާރަކުރިއެވެ. މުޙައްމަދުގެ ފިރިހެން ދަރިއަކުނެތޭ އޭނާގެ ދަރިކޮޅެއް ނަސަބެއްނެތޭ ގޮވައި އަބޫ ލަހަބު ހަޅޭއްލިއެވެ. ރަސޫލުﷲ ﷺ ގެ ހިތްޕުޅުގައި ޖެހުނުލެއްބޮޑުކަމުން އެކަލޭގެފާނަށް ކީރިތި ކުރެއްވުނެވެ. އެހިނދު ﷲ ކައުޘަރު ސޫރަތް ބާވައިލައްވައި ދުވަހަކުވެސް މީހަކަށް ނުދެއްވާވަރަށް ގިނައިން ބޯކޮށް އެކަލޭގެފާނަށް ދެއްވިކަމަށް އެންގެވިއެވެ. މިފަދަ ކޮންމެ މިސާލަކުން އެނގި […]
