އައު ސުޕްރީމް ލީޑަރު މަޤާމާ ޙަވާލުވެވަޑައިގެންފި!

އީރާނުގެ އައު ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އަމާޒަކީ އެބޭފުޅާގެ ބައްޕާފުޅު، އާޔަތުﷲ ޢަލީ ޚާމަނާއީގެ މަރުގެ ބަދަލު ހިފުމެވެ. މިއީ މުޅި ސަރަޙައްދުގެ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އިސްލާމީ ދުޝްމަނުންނާއި، ޚާއްޞަކޮށް ޔަހޫދީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، ބައްޕާފުޅުގެ ލެޔަށް އިންޞާފު ހޯއްދަވައިދެއްވުމަކީ މުޖުތަބާގެ އެންމެ އިސް ވާޖިބު ކަމުގައި ވަނީ އިޢުލާން ކުރައްވާފައެވެ. ”ބަދަލުހިފާނަމެވެ!“ – މިއީ ހަމައެކަނި ބަހެއް […]

އަލީ ލާރިޖާނީ: އީރާނުގެ ބިމުގެ އެންމެ އިންޗިއަކަށްވެސް ނޭރޭނެ!

އެމެރިކާގެ ބައެއް އޮފިޝަލުން އީރާނަށް ބިމުން އަރައިގަތުމަށް ރާވާފައިވާ ކަމުގެ ވާހަކަތައް ދައްކައި، އީރާނަށް އިންޒާރު ދެމުންދާ މިދަނޑިވަޅުގައި، އަލީ ލާރިޖާނީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އީރާނުގެ ހިތްވަރުގަދަ ދަރިން، އިމާމް ޚުމޭނީ އާއި އިމާމް ޚާމަނާއީގެ ތަބާއިން ތިބީ އެފަދަ ވަގުތަކަށް ނުހަނު ކެތްތެރިކަމާއެކު އިންތިޒާރު ކޮށްގެންނެވެ. އަހަރެމެންގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި، މުސްލިމުން އަޅުވެތިކޮށްގެން ތިބި އެ ނުބައި އެމެރިކާގެ ކިބައިން ބަދަލު ހިފުމަށް މުޅި އީރާނު މިއޮތީ ސާބިތު ޢަޒުމެއްގައެވެ. […]

އީރާނުގެ ނިއުކްލިއާ ސިޔާސަތަށް ބޮޑު ބަދަލެއް؟ 

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގެ ނިއުކްލިއާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ. ޚާމަނާއީގެ ވަކިވުމާއެކު، އާ ރޫހާނީ ލީޑަރަކު އިންތިޚާބު ކުރެވުމުން، ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކޮށް ޚާމަނާއީ ކުރިން ނެރުއްވާފައިވާ ފަތުވާ މިހާރު ވަނީ އުވިގެން ގޮސްފައެވެ. ގިނަ ބަޔަކު ލަފާކުރާ ގޮތުގައި، އީރާނުގެ އާ ލީޑަރާއެކު ދެން އެ ގައުމުން އިސްކަންދޭނީ ދިފާއީ ރައްކާތެރިކަން […]

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-10

ރަސޫލުﷲ ﷺ އަރިހަށް އައިސް އެކަލޭގެފާނު ދައްކަވާ ވާހަކަ އަހަން މީހުންތިބެއެވެ. އެގޮތަށް ތިބޭ މީހުންގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލާ ނާހައެވެ. އެކަމަކު އެމީހުން ތިބެނީ އެކަލޭގެފާނު ދައްކަވާ ވާހަކަ ކަނުލާ އަހާކަމަށް ހެދިގެންނެވެ. އެފަދަ މީހުންނަށް ﷲ އިންޒާރުގެ ބަސްފުޅު އަމާޒުވިއެވެ. އެގޮތުން މުޙައްމަދު ސޫރަތުގެ 16 ވަނަ އާޔަތް ފާހަގަކޮށްލެވެއެވެ. ﷲ އަންގަވަނީ އެފަދަ މީހުންނަކީ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވާ މީހުންކަމުގައެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލާ އަހާ […]