20 ރަމަޟާން: މުސްލިމުންނާއި މުޝްރިކުންގެ ދެމެދު ފައިސަލާ ކުރަނިވި ދުވަހެއް

އަސްވާރުންނާއެކު ސަލާމާއި ސަލަވާތްލެއްވި ކީތިރި ރަސޫލާއަށް ހުރަހެއް ނެތި މައްކާ ފަތަޙަ ކުރެއްވުމަށް ފަސޭހަވެގެންދިޔައެވެ. މުސްޝްރިކުންގެ ކިބުރުވެރިކަމާއި ބޮޑާކަން ނިމުމަކަށް އައެވެ. އެމީހުންގެ ހަނދާނަށް އައީ ޝިޢުބު އަބީޠާލިބްއާއި އެނޫންވެސް ހާލަތްތަކާއި ހާދިސާތަކުގައި އެމީހުން ކީރިތި ރަސޫލާއަށް ގޯނާ ކުރި ހާދިސާތަކެވެ. މިހާރު މިއެންމެނަށްވެސް މުހިންމު ވެފައި ވަނީ އެމީހުންގެ ފުރާނައެވެ. މުސްތަގްބަލެވެ. ދެން ވާނެ ގޮތެވެ! ރަސޫލާގެ އަރިހަށް އައިސް ކޮންމެ މީހަކުވެސް ސުއާލު ދެންނެވީ ތިމަންނާއަށް ދެން ވާނީ ކިހިނަކުންތޯއެވެ! އެކަލޭގެފާނު ޙަދީޘް ކުރއްވިއެވެ. […]
ހުރާގައި ކަރަންޓު ޚިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފި

މިއަދުން ފެށިގެން ކ. ހުރާގައި ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. މި ޚިދުމަތްތައް ދިނުމުގެ ޒިންމާއާ އެކުންފުނީން ހަވާލުވީ މިއަދު ކަމަށް ވަނީ ވިދާލުވެފައެވެ. މި ޚިދުމަތްތައް ހުރާގެ ރައްޔިތުންނަށް ދިނުމަށް އެކުންފުޏްޏާ ޙަވާލުކުރި ރަސްމިއްޔާތު ބާއްވާފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މި ޚިދުމަތްތައް ހުރާގައި ކުރިން ދެމުން ގެންދިޔައީ ފެނަކަކޯޕަރޭޝަނުންނެވެ. ސްޓެލްކޯއިން ޙަވާލުވުމުން ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން ވެސް […]
އިމާމު ޝާފިޢީގެ ދޫފުޅުން ޝިޔަޢީން!

މިއީ ޝާފިޢީގެފާނު އެކަލޭގެފާނުންގެ ޅެން ފޮތެއް ކަމުގައިވާ އައްދީވާނުގައި ގެންނަވާފައިވާ ބައިތުތަކެވެ. އަދި އަޅުގަނޑު މިބައިތުތައް އައްދީވާނުން ހޮވައި ތަރުތީބުކުރީ ޝާފިޢީގެފާނުންގެ ވިސްނުންފުޅާ އެއްގޮތަށް ބަލާފައެވެ. އޭގެ ކުރިން ޅެންބައިތުތަކުގައި ބަހުސުކުރެވޭ ބައެއް އިޞްޠިލާޙުތަކަށް އަލިއަޅުވާލާނަމެވެ. އަހުލުބައިތަކީ ކޮބާ؟ ކީރިތި ރަސޫލާ ﷺގެ އަހުލުބައިތަކީ ދުނިޔެމަތީގައި ރަސޫލާ ފިޔަވައި ތިއްބެވި އެންމެ މާތް މުޤައްދަސް ބޭކަލުންނެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا […]
އައު ސުޕްރީމް ލީޑަރު މަޤާމާ ޙަވާލުވެވަޑައިގެންފި!

އީރާނުގެ އައު ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އަމާޒަކީ އެބޭފުޅާގެ ބައްޕާފުޅު، އާޔަތުﷲ ޢަލީ ޚާމަނާއީގެ މަރުގެ ބަދަލު ހިފުމެވެ. މިއީ މުޅި ސަރަޙައްދުގެ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އިސްލާމީ ދުޝްމަނުންނާއި، ޚާއްޞަކޮށް ޔަހޫދީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، ބައްޕާފުޅުގެ ލެޔަށް އިންޞާފު ހޯއްދަވައިދެއްވުމަކީ މުޖުތަބާގެ އެންމެ އިސް ވާޖިބު ކަމުގައި ވަނީ އިޢުލާން ކުރައްވާފައެވެ. ”ބަދަލުހިފާނަމެވެ!“ – މިއީ ހަމައެކަނި ބަހެއް […]
އަލީ ލާރިޖާނީ: އީރާނުގެ ބިމުގެ އެންމެ އިންޗިއަކަށްވެސް ނޭރޭނެ!

އެމެރިކާގެ ބައެއް އޮފިޝަލުން އީރާނަށް ބިމުން އަރައިގަތުމަށް ރާވާފައިވާ ކަމުގެ ވާހަކަތައް ދައްކައި، އީރާނަށް އިންޒާރު ދެމުންދާ މިދަނޑިވަޅުގައި، އަލީ ލާރިޖާނީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އީރާނުގެ ހިތްވަރުގަދަ ދަރިން، އިމާމް ޚުމޭނީ އާއި އިމާމް ޚާމަނާއީގެ ތަބާއިން ތިބީ އެފަދަ ވަގުތަކަށް ނުހަނު ކެތްތެރިކަމާއެކު އިންތިޒާރު ކޮށްގެންނެވެ. އަހަރެމެންގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި، މުސްލިމުން އަޅުވެތިކޮށްގެން ތިބި އެ ނުބައި އެމެރިކާގެ ކިބައިން ބަދަލު ހިފުމަށް މުޅި އީރާނު މިއޮތީ ސާބިތު ޢަޒުމެއްގައެވެ. […]
އީރާނުގެ ނިއުކްލިއާ ސިޔާސަތަށް ބޮޑު ބަދަލެއް؟

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގެ ނިއުކްލިއާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ. ޚާމަނާއީގެ ވަކިވުމާއެކު، އާ ރޫހާނީ ލީޑަރަކު އިންތިޚާބު ކުރެވުމުން، ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކޮށް ޚާމަނާއީ ކުރިން ނެރުއްވާފައިވާ ފަތުވާ މިހާރު ވަނީ އުވިގެން ގޮސްފައެވެ. ގިނަ ބަޔަކު ލަފާކުރާ ގޮތުގައި، އީރާނުގެ އާ ލީޑަރާއެކު ދެން އެ ގައުމުން އިސްކަންދޭނީ ދިފާއީ ރައްކާތެރިކަން […]
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-10

ރަސޫލުﷲ ﷺ އަރިހަށް އައިސް އެކަލޭގެފާނު ދައްކަވާ ވާހަކަ އަހަން މީހުންތިބެއެވެ. އެގޮތަށް ތިބޭ މީހުންގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލާ ނާހައެވެ. އެކަމަކު އެމީހުން ތިބެނީ އެކަލޭގެފާނު ދައްކަވާ ވާހަކަ ކަނުލާ އަހާކަމަށް ހެދިގެންނެވެ. އެފަދަ މީހުންނަށް ﷲ އިންޒާރުގެ ބަސްފުޅު އަމާޒުވިއެވެ. އެގޮތުން މުޙައްމަދު ސޫރަތުގެ 16 ވަނަ އާޔަތް ފާހަގަކޮށްލެވެއެވެ. ﷲ އަންގަވަނީ އެފަދަ މީހުންނަކީ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވާ މީހުންކަމުގައެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލާ އަހާ […]
