އިރާނު ސިފައިން މަރުވީ ބޮޑެތި ޒަޚަމްތަކާއެކު ގެނބިގެން:ލަންކާ

ސްރީލަންކާގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް އެމެރިކާގެ ސަބްމެރީނަކުން ހަމަލާދީ ފައްތާލި އީރާނުގެ ނޭވީ މަނަވަރުގެ ސިފައިން މަރުވީ ބޮޑެތި ޒަޚަމްތަކާއެކު ގެނބިގެން ކަމަށް އެމީހުންގެ ހަށިތައް ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންގެ ޓީމުގެ ވެރިޔާ ވިދާޅުވެއްޖެއެވެ. ޕޯސްޓްމޯޓަމް ހެދި ލަންކާގެ ޖުޑިޝަލް މެޑިކަލް އޮފިސަރުންގެ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޔޫސީޕީ ޕެރޭރާ ވިދާޅުވީ އައިރިސް ޑެނާ ނަމަކަށް ކިޔާ ހަނގުރާމަމަތީ މަނަވަރުން މަރުވި މީހުންގެ ހަށިތައް މުއްދަތެއް ނެތް ގޮތަށް ކަރަޕިޓިއާ ނޭޝަނަލް ހޮސްޕިޓަލް މޯޗަރީގައި ބަހައްޓަން ޖެހިފައިވާ ކަމަށެވެ. […]

ހަނގުރާމައިގައި އިޒުލޭރުގެ ޙަޤީޤީ ހާލަތު

ކޮންމެ ހަނގުރާމައެއްގައި ވެސް ހަނގުރާމަ ފެށުމަށްފަހު އެންމެ ތަދު އެއްޗަކީ ތެދު ޚަބަރެވެ. އިޒުރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިޒުރޭލާއި އެމެރިކާއިން މީޑިއާ ކޮންޓްރޯލުކުރާލެއް ބޮޑުކަމުން އިޒުރޭލަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުން އަދި ވަރަށް ދައްޗެވެ. އީރާނުންދޭ ހަމަލާތަކުގައި އިޒުރޭލަށް ލިބޭގެއްލުންތަކުގެ ޚަބަރުތައް ދުނިޔޭގެ ޚަބަރު ފަތުރާ ބޮޑެތި ވިއުގަތަކުން ގެނެސްދެނީ ޒަޔަނިސްޓު އިޒުރޭލުގެ ސަރުކާރުން ދޭ ގޮތަކަށް ކަމަށް ވާތީ މި ހަނގުރާމައިން އިޒުރޭލަށް މާ ބޮޑުކަމެއް ވާހެން ހީނުވެދާނެއެވެ. އިޒުރޭލަށް ލިބޭ […]

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-11

ރަސޫލުންނާއި ނަބިއްޔުން ﷲ ވަނީ ފާފައާއި ކުށުން ބަރީއަކުރައްވާފައެވެ. އަދި އެބޭކަލުންނަކީ ﷲ އިޚުތިޔާރުކުރައްވައި މާތްކުރައްވައިފައިވާ އެކަލާނގެ މަންދޫބުންނެވެ. އެހެންކަމުން އެބޭކަލުންގެ ހުރިހާ ކަމެއް ހުންނަންޖެހުނީ ﷲ ރުހިވޮޑިގެންވާގޮތަށެވެ. ﷲ އެބޭކަލުންގެ ދަރަޖަ ކިތަންމެބޮޑަކަށް އުފުއްލެވިޔަސް އެބޭކަލުންނަކީ އިލާހީ ބޭކަލުންނެއްނޫނެވެ. މިކަން ކީރިތި ޤުރުއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. ރަސޫލުންނާއި ނަބިއްޔުންނަށް އިރުޝާދުދެއްވީ ﷲ އެވެ. އެއީ މަލާއިކަތުން މެދުވެރިކުރައްވައެވެ. އެގޮތުން އެބޭކަލުންގެ ނިންމެވުންތަކާއި އަމަލުފުޅުތައް ﷲ ރުހިވޮޑިގަންނަވާގޮތަށް އެކަލާނގެ އިސްލާހުކުރެއްވިއެވެ. ﷲ އެކަލާނގެ ރަސޫލާ ﷺ […]