އިސްރާއީލުގެ ނިމުން ގާތްވެއްޖެ!

އީރާނުގެ ބާރުގަދަ އަދި ރުޅިގަދަ މިސައިލްތަކުގެ ކުރިމަތީގައި އިސްރާއީލު މިއަދު ވަނީ ކަކޫޖަހާފައެވެ. އެ މިސައިލްތަކާ ކުރިމަތިލާނެ އެއްވެސް ހިތްވަރެއް އެމީހުންގެ ކިބަޔަކު ނެތެވެ. މުޅި ރަށް ސުންނާފަތިވެ، ބިރުވެރިކަން ވަނީ ވަށާލާފައެވެ. އިސްރާއީލުގެ ޙާލަކީ މިއީއެވެ: ”އީރާނާއެކު ނިމުމެއް ނެތް ހަނގުރާމައެއް ކުރާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. އަހަރެމެންގެ ރަށް މުލިން ސުންނާފަތިވެއްޖެއެވެ. މި ހަނގުރާމައިން އަހަރެމެން ބަލިވެއްޖެއެވެ. އޭ އީރާނެވެ! އަހަރެމެން ބަސްއަހާނަމެވެ. އަހަރެމެންނަށް އިތުރަށް ހަމަލާ ނުދޭށެވެ. އަހަރެމެންގެ ބޮލުގައި ޓަކިނުދޭށެވެ.“ ބާޠިލުގެ […]

އިޒްރޭލުގެ ނަމުގައި ދައުލަތެއް އޮތްހާ ހިނދަކު ސުލްހަވުމެއް ނެތް: އީރާން

ފަލަސްތީނުގެ މުގައްދަސް ބިމަށް ވެރިވެގަނެ، މުސްލިމުންނާ ދެކޮޅަށް ލާދީނީ އުދުވާންތައް ހިންގަމުންދާ އިޒްރޭލާ މެދު އީރާނުން ވަރަށް ހަރުކަށި އިންޒާރެއް ދީފިއެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި، ”އިޒްރޭލު“ ގެ ނަމުގައި ދައުލަތެއް ދުނިޔޭގެ ޗާޓުގައި އޮތްހާ ހިނދަކު، އެއްވެސް ކަހަލަ ސުލްހައިގެ މަޝްވަރާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. މިއީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ދިން ސީދާ ރައްދެކެވެ. އިސްލާމީ އުންމަތުގެ ބިންތަކަށް އަރައިގަނެ، ކުށެއްނެތް އެތައް ހާސް ބަޔަކު ޝަހީދުކުރަމުންދާ އިޒްރޭލަކީ ސުލްހައަށް ލޯބިކުރާ […]

އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް މުސްލިމުން ތާއީދު ކުރަންޖެހޭ

ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާއްމުތަކަކީ މުޅި އިސްލާމީ އުންމަތަށާއި އިންސާނިއްޔަތަށް ދެވޭ އަނިޔާއެކެވެ. މި އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ތާއީދުކުރުމަކީ އިސްލާމީ އަޚުވަންތަކަމުގެ މަތިވެރި ސިފައެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، އަނިޔާ ލިބެމުންދާ މީހުންނަށް އެހީތެރިވުމާއި، ބާތިލާ ދެކޮޅަށް ހައްގުގެ މަގުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ޝަރުއީ ގޮތުން ބާރުއަޅާ ކަމެކެވެ. ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ މުގައްދަސް ބިމަކަށް ވެފައި، މަސްޖިދުލް އަގްސާ […]

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-12

ތަހުރީމް ސޫރަތުން އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ރަސޫލުﷲ ﷺ ގެ ލޮބުވެތި އަނބިކަނބަލަކަށްވެސް އެކަލެގޭފާނަށް ކިތަންމެ ކުޑަކޮށް ނަމަވެސް ކުޑައިމީސްކޮށް ހިތުމަށް ޖާގަނެތްކަމެވެ. ރަސޫލުﷲ ﷺ ގެ ދެއަނބިކަނބަލުންނަށް އަމާޒުކޮށް ﷲ އެންގެވީ އެކަނބަލުންނަށް ތައުބާގެ ދޮރު އޮތްކަމަށެވެ. އެހެންނޫންނަމަ ﷲ އާއި ޖިބުރީލުގެފާނާއި މަލާއިކަތުންނާއި މޫމިނުން އެކަލޭގެފާނުގެ ހިމާޔަތުގައި ތިއްބެވިކަމަށެވެ. މިކަމުން އެނގިކަށަވަރުވާކަމަކީ ﷲ އެކަލާނގެ ނަބިއްޔާ ﷺ ގެ ދަރަޖަމަތިވެރިކުރެއްވި މިންވަރެވެ. ޙުޖުރާތު ސޫރަތް ފައްޓަވަމުން އީމާންވި މީހުންނަށް ﷲ އަންގަވަނީ އެއިލާހާއި ރަސޫލުﷲ […]

އިސްރާއީލާއި އެމެރިކާ މިވަނީ ބޮޑު ބަލިވުމެއްގެ ތުންފަތް މަތީގައިބާ؟

އެމެރިކާ ބޭނުންވާ ގޮތަށް މި ހަނގުރާމަ ކުރިޔަށް ނުދާކަން އެނގޭ ހެއްކަކީ ހަނގުރާމަ ހުއްޓާލަން އެމީހުން ބޭނުންވާތީއެވެ. އަދި އީރާން އޮތީ ގަދަކޮށް ކަން އެނގޭ ހެއްކަކީ އީރާނުން ހަނގުރާމަ ހުއްޓަން ބޭނުން ނުވާތީއެވެ. މި ހަނގުރާމައިގެ ލަނޑުދަޑި ތަކެއް ކަމުގައި އިޒްރޭލާއި އަދި އެމެރިކާ އިން ބޭނުންވީ އީރާނުގެ އިސްލާމީ ސަރުކާރު ވައްޓާލައި، އެގައުމަށްވެސް ”ޑިމޮކްރަސީ“ ގެނެސް އެތާގައި ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދައި އީރާނުގެ ތެޔޮ އަތް ދަށުލުމެވެ. ﷲ ﷻ ގެ ރަޙުމަތްޕުޅުން މިއިން […]

އިސްރާއީލް ނޯށުން ރޮއްވާލައިފި!

އީރާނުން އިސާރާއީލަށް ދެމުންގެންދާ ބާރުގަދަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިސްރާއީލު ހަމަ ރަނގަޅަށްވެސް ނޯށުން ރޮއްވާލައިފިއެވެ. މުސްލިމް އީރާނުގެ ވަރުގަދަ އަދި ބަދަވި ހަމަލާތަކުގެ ކުރިމަތީގައި، އިސްރާއީލުގެ ކިބުރުވެރިކަން މިއަދު މިވަނީ ފުނޑުފުނޑުވެފައެވެ. އީރާނުން ފޮނުވާލި ކޮންމެ މިސައިލަކާއި ޑްރޯން ހަމަލާއަކުން، އެ ނުބައި ޔަހޫދީންގެ ހިތްތަކަށް ވަނީ ބިރުވެރިކަން ވަދެފައެވެ. އީރާނުގެ މި ވަރުގަދަ ރައްދު ހަމަލާތަކާއެކު، މުޅި އިސްރާއީލު މިއަދު މިވަނީ އަނދައި އަޅިއަށް ވެފައެވެ. މިއީ މުސްލިމުންގެ ބާރު ދައްކާލި ތާރީޚީ ވަގުތެކެވެ. […]

އީރާނަށްދޭ ހަމަލާތައް ވެސް ސަރުކާރުން ކުށްވެރިކޮށްފި

ޑރ. ޚަލީލް

ދިވެހި ސަރުކާރުން ހަފްތާއެއްހާ ދުވަސް ވަންދެން ވިސްނެވުމަށްފަހު ގަލްފުގައި މިހާރު ހިނގަމުންދާ ހަނގުރާ ކުށްވެރިކޮށްފައިވެ. ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އިސާރާއީލާއި އެމެރިކާ ގުޅިގެން އިސްވެ އީރާނަށް ދިން ހަމަލާ ކޮށްވެރި ކޮށްފައެވެ. އަދި އަންހެނުން ކުދިންތަކެއް އުޅޭ ސްކޫލަކަށް ހަމަލާދީ 160 ވަރަކަށް ކުދިން ޝަހީދުކޮށްލާފައިވާތީ އެކަމަ ހިތާމަ ކުރައްވާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. ޚާރިޖިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ބަދަލު ހިފުމުގެ އެއްވެސް އަމަލެއް ނުހިންގައި ތިބި ގަލްފުގެ ބައެއް ގައުމުތަށް ކަމަށްވާ ސަޢުދީއާއި، […]

ޓްރަމްޕަށް މަރުގެ އިންޒާރު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް މަރުގެ ވަރުގަދަ އިންޒާރު އީރާނުން އަލުން ދީފިއެވެ. އީރާނުގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ވަނީ ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައި، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވާފައެވެ. އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ޖަރީމާގައި ބައިވެރިވި އެންމެންނަށް އިންސާފު ގާއިމުކުރެވި، އޭގެ ހައްގު އަދަބު ލިބެންދެން އީރާނުން ފަހަތަކަށް ނުޖެހޭނެއެވެ. މިއީ މުޅި އިސްލާމީ […]

އިސްރާއީލުގެ ހިތް، ޓެލްއަވީވް ބިރުވެރި ކަމެއްގެ ތެރޭގައި!

ޓެރަރިސްޓް އިސްރާއީލިުގެ ވެރިރަށް، ޓެލް އަވީވްގައި ހުރި ބީބީސީގެ މުވައްޒަފު ކަސްރާ ނާޖީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސިޓީގެ ހާލަތު މިހާރު ވަނީ އިންތިހާއަށް ގޯސްވެފައެވެ. އީރާނުން ދީފާނެ ވަރުގަދަ ހަމަލާއެއްގެ ބިރުވެރިކަން ބޮޑުވެ، މުޅި އިސްރާއީލު މިހާރު އޮތީ ’ޕާޝިއަލް ލޮކްޑައުން‘ އެއްގައެވެ. މަގުތައް ވަނީ މީހުން ހުސްވެ، ފަޅުވެފައެވެ. ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން، އެ ގައުމުގެ އާބާދީއަށް މިކަން ވެފައިވަނީ ކެތްނުކުރެވޭ ފަދަ ނަފްސާނީ އަދި އިގްތިސާދީ ތަދަކަށެވެ. އަނެއްކޮޅުން، ލުބުނާނުގެ […]