މިއީ ޤައުމާއި މަސްލަޙަތު އިސްކުރަންވީ ވަގުތު: ފައިޞަލް

ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިކަމާއެކު، މި ދަނޑިވަޅަކީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސް ތަކެއްކަން ދެނެގަންނަން ވެސް އުނދަގޫ. މިހާރު ވެސް ދުނިޔޭގެ ގިނަ ޤައުމު ތަކުން ގެންދަނީ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުން. އަޅުގަނޑުމެންނަކީ އަސާސީ ތަކެއްޗަށް މުޅިން އެހެން ޤައުމު ތަކަށް ބަރޯސާވެފައި އޮންނަ ޤައުމެއް. އެހެންކަމުން […]
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން- 15

ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވާފައިވަނީ އެފަދަ ދެވަނައެއްނުވާފަދަ މަތީ ދަރަޖައަކަށެވެ. އެގޮތުން މީހަކަށް އިސްލާމް ދީނަށް ވަދެވެނީ ރަސޫލުﷲ ﷺ ރަސޫލުކަން ގަބޫލުކޮށް އެކަލޭގެފާނަށް ތަބާވެގެންނެވެ. އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ވަކިނުކުރެވޭނެކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 151 އާޔަތުގައި ﷲ އަންގަވަނީ އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލުންނާދެމެދު ތަފާތުކުރާ މީހާއަކީ ކާފަރެއްކަމުގައެވެ. އެހެންކަމުން އިސްލާމް ދީނަށް ވަންނަ ކޮންމެ މީހަކު ރަސޫލުﷲ ﷺ އަށް ހުރިހާ މާނައެއްގައި ތަބާވެ […]
އިސްމާއީލުގެ އަމާޒަކީ ފުވައްމުލައް ނަމޫނާ ސިޓީއަކަށް ހެދުން

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލު ރަފީގަކީ އެ ސިޓީގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި ނުހަނު ގާތުން މަސައްކަތްކުރައްވަމުން ގެންދަވާ، ޚިދުމަތުން ފުރިގެންވާ ސިޔާސީ ޝަޚުޞިއްޔަތެކެވެ. އިސްމާއީލު ރަފީގުގެ ސިޔާސީ ހަޔާތަށް ބަލައިލާއިރު، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫނެވެ. އެއީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ރަށުގެ ކުރިއެރުމަށްޓަކައި ދުރުވިސްނޭ ތަޞައްވުރެއް ގެންގުޅުއްވާ ލީޑަރެކެވެ. މޭޔަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ފުވައްމުލަކުގެ އުމްރާނީ ތަރައްޤީއަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާ މަސައްކަތްތަކެކެވެ. ޚާއްޞަކޮށް، ރައްޔިތުންނާ ގާތުން […]
އެމެރިކާ ބަލި ގަބޫލުކޮށް މެދުއިރުމަތީން ފައިބަން އެއްބަސް ވެއްޖެ

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށްކުރަމުންދާ ހަނގުރާމައިން އެމެރީ ބަލިވެއްޖެ ކަމަށް އެގައުމުން ގަބޫލުކޮށްފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު މިހަމަލާ އެމެރިކާއާއި އިޒްރޭލުން ފަށައިގަތީވެސް އީރާނުގެ އޭރުގެ އެންމެމަތީވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއި އާއި އިސް ކޮމާންޑަރުންތަކެއް ޝަހީދު ކުރުމަށްފަހުއެވެ. އެފަހުން އީރާނުން ދޭންފެށި ވަރުގަދަ ރައްދަށް 13 ދުވަސްވީއިރު އެމެރިކާ ވަނީ އިނދަޖެހިފައެވެ. އެމެރިކާއިން މިހާރުވަނީ ހަނގުރާމައިން ބަލިވެއްޖެކަން ގަބޫލުކޮށް މެދުއިރުމަތީ ގައުމުތަކުން ފޭބުމަށް އެއްބަސްވެފައި ކަމަށް މައުލޫމާތުވަނީ ލިބިފައެވެ. ދުނިޔޭގެ ސުޕަރޕަވަރުގެ ގޮތުގައި […]
މުޖުތަބާ ޚަމާނާއީގެ ބޮލަށް ދިހަ މިލިއަން ޑޮލަރު ހުށަހަޅައިފި

އީރާނުގެ އެންމެމަތީ ވެރިޔާ މުޖުތަބާ ޚަމާނާއީގެ ބޮލަށް އެމެރިކާއިން ދިހަ މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅައި އެކަން އިއުލާން ކޮށްފިއެވެ. މިއީ އެންމެމަތީވެރިޔާއި އީރާނުގެ އެހެން މަސްއޫލުވެރީންގެ މައުލޫމާތު ހޯދައި އެބޭފުޅުންނަށް ނުރައްކާ ކުރުމުގެ ބޭނުމުގައި، ހަނގުރާމައިން ބަލިވެފައިވާ އެމެރިކާއިން ކުރާކަމެއް ކަމަށް ވެއެވެ. މިއީ އީރާނުގެ އަތުން ހިތިގޮތަކަށް އެމެރިކާއި އިޒްރޭލް ބަލިވުމުން އެ ހިތްދަތިކަން ކުޑަކުރުމަށް އީރާނުގެ ވެރީންނާ ދެކޮޅަށްފެށި ނަފުސާނީ ހަނގުރާމައެކެވެ. ފެބުރުވަނީ އަށާވީސްވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން ވަނީ އިރާނަށް ހަމަލާދީ […]
