މިއަހަރުވެސް ފިތުރު ޢީދު ސަލާމް ކުރެއްވުން އޮންނާނެ

މި އަހަރުވެސް ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެއެވެ. ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް […]
އިޒުރޭލުގެ ނިމުން ކައިރިވެއްޖެ! އިޒުރޭލު ނަރަކައަކަށް ބަދަލުކޮށްލަނީ!

އިރާނުން މިވަނީ އަނިޔާވެރި އިޒުރޭލަށް އަމާޒުކޮށް، ވަރުގަދަ 54 ވަނަ މިސައިލް ވޭވް ފޮނުވާލާފައެވެ. މި ހަމަލާތަކާއެކު އިޒުރޭލުގެ ސިޓީތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، މުޅި ސަރަހައްދު ނަރަކައެއް ފަދައިން އަނދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އައިއާރުއައިބީ (IRIB) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިރާނުން ވަނީ އެގައުމުގެ އެންމެ ނުރައްކާތެރި އެއް ހަތިޔާރު ކަމަށްވާ ’ސެއްޖީލް‘ (Sejjil) ބެލިސްޓިކް މިސައިލް މި ހަމަލާގައި ބޭނުންކޮށްފައެވެ. މިއީ އިޒުރޭލުގެ ދިފާއީ […]
ނަތަންޔާހޫ އަކީ ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ މީހެކެވެ.

އަޅުގަނޑުމެން އެންމެންވެސް ބޭނުން ވަނީ ނުބައި ނުލަފާ ޝައިޠާން ނަތަންޔާހޫ މަރުވެ އޭނާ ޤަރާރުވެ އޮންނަނިވި ގޮވައްޗަށް ދިޔައީ ކަމުގައި ވުމަށެވެ. އެތައް ދުވަހެއްވަންދެން ނުފެނި އޮތުމަށްފަހު ދެދުވަހެއް ކުރިން އިޒްރޭލުން ނެރުނު ވީޑިއޯއަކީ މަސްނޫޢީ އެއްޗެއް ކަމާއި އެއިން ފެންނަ ފުރޭތައިގެ އިނގިލިވެސް މާގިނަ ކަމާއި، އަދި އޭގެ ފަހުން އަނެއްކާ ގެއްލިއްޖެ ކަމުގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މިކަންތައް އޮތީ މިހެން ކަމުގައި ވިޔަސް، އޭނާ މަރުވީ ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަން […]
ބުޅަލެއް މެރި މައްސަލާގައި ތިން މީހަކާ ސުވާލުކޮށްފި

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ މައްސަލައަކާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބުޅަލަށް އަނިޔާ ކުރުމާއި މެރުންފަދަ މައްސަލަތައް މިހާރު ރާއްޖޭގައި ވަނީ އިތުރުވެފައެވެ. ހަމައެ އެއާއެކު ބުޅަލުގައި ހައްގުތައް […]
ދުޝްމަނުން ނޯށުން ރޮވޭވަރަށް ހަނގުރާމަ ދިގުދަންމާލާނަން: އީރާން

އީރާނުގެ ޕާލަމެންޓްގެ ރައީސް ދެއްވި ވަރުގަދަ ބަޔާނެއްގައި، އިސްލާމީ އުންމަތުގެ ދުޝްމަނުންގެ މިއަދުގެ ހާލަތު ވަނީ ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އަނިޔާވެރި ޔަހޫދީންނާއި އެމީހުންގެ މަދަދުގާރުން މިއަދު ތިބީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނިކަމެތި ހާލަތެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން ދުޝްމަނުންގެ ދަރަނިތައް އިންތިހާއަށް ބޮޑުވެ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އެމީހުން ވަނީ އިނދަޖެހިފައެވެ. ކަންކަން ގޯހުން ގޯހަށް ގޮސް، ބާރުގަދަ ކަމަށް ދައުވާކުރި އެމެރިކާ ވެސް މިއަދު […]
އަވަށްޓެރި ގައުމުތަކަށްދޭ ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން އީރާނަށް ގޮވާލައިފި

ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ފަލަސްތީގެ ހަމާސް ޖަމާޢަތުން އީރާނަށް ގޮވާލައިފިއެވެ. ހަމާސް އިން ބުނެފައިފައިވަނީ އެގައުމުތަކަކީ އަށްޓެރި އަޚުވަންތަ ގައުމުތަކެއް ކަމަށެވެ. އެހެން ކަމުން އެ ގައުމުތަކަށް އީރާނުންދޭ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ހަމާސްއިން ބުނެފައިވެއެވެ. އެ ޖަމާއަތުން ބުނެފައިވަނީ އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ދީފައިވާ އުދުވާނީ ހަމަލާގެ ބަދަލު ހިފުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިފައިވާ ކަމަށެވެ. އެ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދޭންޖެހޭ ހަމަލާތަކެއް ކަމަށް ވެސް […]
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން- 16

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ޚުލްޤުހެޔޮ ބޭކަލަކީ ރަސޫލުﷲ ﷺ އެވެ. އަޚުލާޤާއި ސުލޫކުގައި އެކަލޭގެފާނަކީ އެންމެ މާތް ނަމޫނާއެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނެވެ. އެގޮތުން ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތަކީ އެކަމުގެ މިސާލެކެވެ. ޞަޙީ މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާފަދައިން ރަސޫލުﷲ ﷺ ގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަމާއި އެކަލެގެފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަން އަންގައިދެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމުގައި […]
