ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވެދާނެކަމަށް ކަމާބެހޭ މާހިރުން ލަފާދެއްވާ!

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ، އެމެރިކާގެ ރައްޔިތުންވެސް ރުހޭ ހަނގުރާމައެއް ނޫނެވެ. އީރާނަކީ މިހާތަނަށް އެމެރިކާއަށްއެއްވެސް ނުރައްކަލެއް ކުރިމަތިކުރި ޤައުމެއް ނޫނެވެ. އެހެންނަމަވެސް ނަތަންޔާހޫ، އޭނާގެ އަމިއްލަ މަސްލަޙަތު އިސްކޮށް، ޓުރަމްޕު ލައްވާ އެމެރިކާގެ އަސްކަރިއްޔާ މި ހަނގުރާމައިގެ ތެރެއަށް ވައްޓައިލީއެވެ. އިޒުރޭލުން ދިޔައީ ފާއިތުވި 47 އަހަރުގެ ތެރޭގައި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ އެކި ރައީސުންނަށް އާދޭސް ކުރަމުންނެވެ. އެހެންނަމަވެސް، އެމެރިކާގެ ކުރީގެ އެއްވެސް ރައީސަކު އެކަމަކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން، […]
ހަނގުރާމަތަކުގައި އީރާނަކީ ކާމިޔާބު ގައުމެއް!

ހަނގުރާމަތަކުގައި އީރާނަކީ ކާމިޔާބު ގައުމެއްތޯ ބަލާއިރު، އެއީ އެކި ކަންކަމަށް ރިއާޔަތްކޮށް ތަފާތު ގޮތްގޮތަށް މާނަކުރެވިދާނެ ކަމެކެވެ. އީރާނުގެ އަސްކަރީ ތާރީޚާއި މިހާރުގެ ހާލަތަށް ބަލާއިރު ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އީރާން-އިރާގު ހަނގުރާމަ (1980-1988): މިއީ ޒަމާނީ ތާރީޚުގައި އީރާނުން ކުރި އެންމެ ބޮޑު ހަނގުރާމައެވެ. އިރާގުން އީރާނަށް އަރައިގަތް ނަމަވެސް، އީރާނުން ވަނީ އަށް އަހަރު ވަންދެން ހަނގުރާމަކޮށް އެމީހުންގެ ބިންތައް ދިފާއުކޮށްފައެވެ. ބައިނަލްއަގުވާމީ ގޮތުން އެކަހެރިވެފައި އޮވެމެ، އޭރުގެ ބޮޑެތި ބާރުތަކުން އިރާގަށް […]
ޝަހީދުންގެ ލެޔާއި، މައިންގެ ކެތްތެރިކަން!

މިއަދު އަހަރުމެން ހަނގުރާމަ ނުކޮށްފިނަމަ، މާދަމާ އަހަރުމެންގެ ދަރިން އުޅެންޖެހޭނީ މިއަށްވުރެ މާ ބޮޑު ނިކަމެތިކަމެއްގައެވެ. މިއީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫނެވެ. މިއީ އީރާނުގެ ހިތްވަރުގަދަ ޒުވާން މަންމައެއްގެ ދުލުން ބޭރުވި، މުޅި އުންމަތަށް އޮތް ވަރުގަދަ މެސެޖެކެވެ. އޭނާގެ ބަސްތަކުން ހިތްތައް ރޮއްވާލިއެވެ: ”އަހަރުމެންގެ ދަރީންނަށް މިއަދު ނެޕީ ނުލިބިދާނެތީވެ ކަންބޮޑެއް ނުވެއެވެ. 3 އަހަރު ވަންދެން ފަލަސްޠީނުގެ ކުޑަކުދީންނަށް ނެޕީއެއް، ބޯނެ ސާފު ފެނެއް އަދި ބޭހެއް ވެސް ނުލިބި ދާތީވެ މާ […]
ތެލުގެ އަގު ބޮޑުވުމުން ޚަރަދު ކުޑަކުރަން އައްޑޫ މޭޔަރު އިލްތިމާސް ކުރައްވައިފި

އައްޑޫ ސިޓީން ތެޔޮ ގަންނަން މިހާރު ލިބެނީ ގަލްފު ހަނގުރާމައިގެ ދުވަސްވަރަށްވުރެވެސް ބޮޑު އަގުގައި ކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެ އޭނާވަނީ އައްޑޫން ޑީސެލާއި ޕެޓްރޯލް ގަންނަން ލިބޭ އަގުތައް ހާމަކޮށްފައެވެ. ”މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސް.ޓީ.އޯ އިން ޑީސަލް އަދި ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާ އެކު އައްޑޫ ސިޓީއިން މިވަގުތު ތެޔޮގަންނަން ލިބޭ އަގަކީ ޕެޓްރޯލް ލިޓަރެއް 29/26ރ އަދި ޑީސަލް ލިޓަރެއް 30/13ރ އަށް،“ މޭޔަރު […]
މިއަހަރުވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނެ!

މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސަރަޙައްދުގެ 28 މިސްކިތެއްގައި ކުރާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ އޭގެ އިތުރުން ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ވެސް ޢީދު ނަމާދު ކުރާނޭ ކަމަށް ވިދާޅުވެފައިވެއެވެ. މިސްކިތްތަކާއި ސަރަހައްދު ތަކުގެ މައުލޫމާތު ވެސް މިހާރުވަނީ ހާމަކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނެއެވެ. އަދި ވިލިމާލޭގެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާޢަތް އޮންނާނޭ ކަމަށް ވިދާޅުވެފައިވެއެވެ. ހުޅުމާލޭގައި ބޮޑު ޖަމާޢަތް […]
ތެލާއި ގޭހަށް ބަރޯސާ ވުމުގައި އީރާން ހަނގުރާމައިން ފިލާވަޅެއް ލިބިއްޖެ: ކްލައިމެޓް ޗީފް

އީރާން ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ ބާޒާރަށް ވަނީ އިންތިހާއަށް ނުރައްކާވެފައެވެ. އޭގެ ސަބަބުން ލިބިގެންދިޔައީ ބޮޑު ފިލާވަޅެއް ކަމަށާއި އެކަން އީޔޫގެ ގައުމުތަކަށް އަންގާނޭ ކަމަށް އދ.ގެ ކްލައިމެޓް ސެކްރެޓަރީ ވިދާޅުވެއްޖެއެވެ. މެދުއިރުމައްޗާ ކިތަންމެ ދުރުގައި އޮތަސް ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ބޮޑުވެގެން ދިއުމުން އެކަމުގެ ދަތިކަން އީޔޫއަށް ވެސް ވަނީ ފޯރައިފައެވެ. ހަނގުރާމައަށް ދެ ހަފްތާވެގެން ދިޔައިރު ޔޫރަޕްގައި ގޭހުގެ އަގު ވަނީ 50 ޕަސެންޓް އުފުލިފަ އެވެ. ޔޫރަޕުގެ ގައުމުތަކަކީ އެހެން […]
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފި

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ އީރާނުގެ ޗަބަހާރް ފްރީ ޓްރޭޑް ޒޯން ކައިރީގައި ހުންނަ ފަރުބަދައަކާ އިންވެގެން ހުރި އަސްކަރީ މަރުކަޒުތަކަށެވެ. އެހެންނަމަވެސް މިހަމަލާ ދީފައިވަނީ ކިތައް މަރުކަޒަށް ކަމެއް ބުނެފައެއް ނުވެއެވެ. މިހަމަލާގައި އެއްވެސް މީހަކު މަރުވި ކަމެއް އެނގިފައެއް ނުވެއެވެ. އަދި މީހަކު ޒަޚަމްވި ކަމެއް ވެސް އެނގިފައެއް ނުވެއެވެ. އެމެރިކާއި އިޒްރޭލުންދަނީ ކެނޑިނޭޅި އީރާނަށް ހަމަލާ ދެމުންނެވެ. އިޒްރޭލުން ބުނެފައިވަނީ އެގައުމުން ހަމަލާދޭން […]
އެމެރިކާއިން ހިފަން އުޅޭ އީރާނުގެ ޚަރުޖް ޖަޒީރާ

އެމެރިކާއިން ހިފަން މަސައްކަތްކުރާ އީރާނުގެ ޚަރުޖް ޖަޒީރާ (kharg island) އަކީ އެ ޤައުނުގެ އިޤްތިޞާދީ އަދި އިސްތިރާޖީ އެންމެ މުހިންމު އެއް ރަށެވެ. ފާރިސީ ކަނޑުއޮޅީގައި އޮންނަ މި ޖަޒީރާއަކީ އީރާނުގެ ތެލުގެ ސިނާއަތުގެ މައިބަދަ އެވެ. އެމެރިކާއިން މި ރަށް ހިފަން މަސައްކަތްކުރަނީ މި ރަށް ހިފިއްޖެނަމަ އީރާނުގެ ތެލުގެ ކޮންޓްރޯލް ލިބޭނެކަމަށް ބަލައިގެންނެވެ. މި ރަށަކީ އީރާނުން ނަގާ ތެލުގެ 90 އިން ސައްތަ ބޭރުކުރާ ބަނދަރެވެ. އަދި އެ ޤައުމުގެ އެންމެ […]
ނަތަންޔާހޫގެ އާ ވީޑިއޯއާ ގުޅިގެން ވެސް ސުވާލުތައް

ން ދެއްކުމަށް ވީޑިއޯއެއް ހާމަކޮށްފައެވެ. ކޮފީ ޝޮޕެއްގައި ނަގާފައިވާ މި ވީޑިއޯގައި އޭނާގެ ދެ އަތްތިލަ ދައްކައި އިނގިލިތައް ހަމައަށް ހުރި ވާހަކަ ބުނެއެވެ. އެހެން އެ ބުނީ އީރާނުން ދިން ހަމަލާއެއްގައި އޭނާ މަރާލައިފިކަމަށް ބުނެފައި ވަނިކޮށް ހާމަކުރި ފުރަތަމަ ވީޑިއޯގައި އޭނާގެ 6 އިނގިލި ބައެއް ފަހަރަށް ދެ އަތުންވެސް ފެނިފައި ވާތީއެވެ. އެކަމާ ގުޅިގެން މީސް މީޑިއާގައި ބުނަމުން ދިޔައީ އެއީ އޭއައި އިން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ. އަނިޔާވެރި ނަތަންޔާހޫ މަރުވެއްޖެ […]
އީރާނަށް ހަމަލާ ދޭން ޖެހޭ އެތައް ހާސް ތަނެއް އެބަހުރި: އިޒްރޭލް

އީރާނަށް ހަމަލާ ދޭން ޖެހޭ އެތައް ހާސް ތަނެއް އަދިވެސް އެބަހުރި ކަމަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އެފީ ޑެފްރިން ބުނެފިއެވެ. އެހެންނަމަވެސް އެއީ ކޮންތަންތަނެއް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ. ޑެފްރިންއާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވަނީ އީރާނަށް ހަމަލާދޭން ޖެހޭ އެތައް ތަނެއް ކޮންމެ ދުވަހަކު ވެސް ފާހަގަ ކުރަމުންދާ ކަމަށެވެ. އެ އެޖެންސީން ބުނެފައިވަނީ އީރާނާއި ހިޒްބްﷲ އާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް މެދު ނުކެނޑި ދެމުން ގެންދާނޭ […]
