ބާބާގާޑިއާއި ޖަމިއްޔަތުއްސަލަފު ގުޅިގެން ދީނީ ދަރުހެއް ބާއްވައި

ފުވައްމުލައްސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ދީނީ ދަރުހެއް ބާއްވައިފައެވެ. މިއީ ޖަމިއްޔަތުއްސަލަފާއި ބާބާގާޑިޔާ ގުޅިގެން އިންތިޒާމް ކުރި ދަރުހެކެވެ. މި ދަރުސްއޮތީ މާޗް 16 ވަނަ ދުވަހުގެ ރޭ ތަރާވީސް ނަމާދަށްފަހުގައެވެ. ދަރުސް ބާއްވާފައިވަނީ ދަޑިމަގު ފުޓްބޯޅަ ދަނޑުގައެވެ. މި ދަރުހުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަނގްލަދޭޝް މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި ނަސޭހަތް ދެއްވީ ބަނގްލަދޭޝްގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޑރ. މުކައްރަމް ބިން މުޙްސިން މަދާނީއެވެ. އޭނާގެ ދަރުސް ބުނާކުރެއްވީ ”ޢަޤީދާ އިސްލާހުކުރުމުގެ […]
ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރަން ފަށައިފި

އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކޮމިޝަނުން ވިދާޅުވީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ […]
ފޯލްސް ފްލެގު ހަމަލާއެއްގެ ބިރު

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ފޯލްސް ފްލެގު (False Flag) ހަމަލާއެއް ދީފާނެކަމުގެ ބިރުވެރި އަޑުތައް ދަނީ ފެތުރެމުންނެވެ. ފޯލްސް ފްލެގު ހަމަލާއަކީ އަމިއްލަ ތަނަކަށް ނުވަތަ އަމިއްލަ ބަޔަކަށް އަމިއްލައަށް ގެއްލުން ބޮޑު ހަމަލާއެއްދީ އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމެވެ. މިފަދަ ހަމަލާއެއް ދެނީ އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށްބުނެ އެބަޔަކު ބޭނުންވާ ކަމެއް ނުވަތަ ބޭނުންވާ ޖަރީމާއެއް އަނެއް ބަޔަކާ ދެކޮޅަށް ހިންގުމަށް ބަހަނާއެއް ހޯދުމަށެވެ. […]
ފޮރުވިފައިވާ ސިއްރު: އީރާނުގެ ވަރުގަދަ އިންޒާރު!

އީރާނަށް ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމަށް ބުނެ އިސްރާއީލާއި ހުޅަނގުގެ ބާރުތަކުން ފަތުރަމުންދާ ވާހަކަތަކަށް އީރާނުގެ އިންގިލާބީ ގާޑުން މިވަނީ ވަރުގަދަ ރައްދެއް ދީފައެވެ. މިއީ މުޅި ދުނިޔެ ސިއްސުވާލި ހަގީގަތެކެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ދުޝްމަނުން އީރާނަށް ހަމަލާދޭން ބޭނުންކުރާ ކޮންމެ ފަދަ ހަތިޔާރަކަށް، ހަމަ އެފަދަ ވަސީލަތަކުން ރައްދު ހަމަލާ ދޭނެ ކަމަށެވެ. މީގެ މާނައަކީ ނިއުކްލިއާ ހަމަލާއެއް އަތުވެއްޖެ ނަމަ، އީރާނުންވެސް އެފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ ސާފު އިޝާރާތެކެވެ. މިއީ […]
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-18

ރަސޫލުﷲ ގެ ﷺ ޞަޙާބީން އެކަލޭގެފާނުގެ ސުއްނަތުގައި ބާރަށް ހިއްޕެވިއެވެ. ﷲ އަށް އީމާންވުމަށްފަހު އެބޭކަލުން އީމާންވީ އެކަލޭގެފާނަށެވެ. ﷲ އަށް ކިޔަމަންވުމަށްފަހު އެބޭކަލުން ކިޔަމަންވީ އެކަލޭގެފާނަށެވެ. ޞަޙާބީން އެންމެބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި އިންސާނަކީ އެކަލޭގެފާނެވެ. ޞަޙާބީން އެންމެބޮޑަށްކުރެއްވި މަސައްކަތްޕުޅަކީ ރަސޫލުﷲ ﷺ ގެ ސުންނަތް އާލާކޮށް ދިރުވުމެވެ. އެބޭކަލުން އެކަލޭގެފާނު ދެއްކެވި ނަމޫނާގައި ސާބިތުވެ ދިރިއުޅުމުގެ ބިންގާއަޅުއްވައި އެބިންގަލުގެ މަތީގައި ދިރިއުޅުން އާރާސްތުކުރެއްވިއެވެ. ކޮންމެ ކަމެއްގައިވެސް އެބޭކަލުން ބެއްލެވީ ކީރިތި ޤުރްއާނަށާއި އެކަލޭގެފާނުގެ ސުއްނަތަށެވެ. ނަތީޖާއަކަށްވީ […]
ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެހީވާނޭ ގައުމުތައް އަވަހަށް އިއުލާން ކުރާނަން

ހަނގުރާމައިގެ ސަބަބު މިހާރު އީރާނުން ބަންދުކޮށްފައިވާ ހޮރުމުޒު ކަނޑުއޮޅި އަލުން ހުޅުވައި ދަތުރުފަތުރު ކުރެވޭނޭގޮތް އަލުން ހެދުމަށް އެމެރިކާއަށް އެހީތެރިވާން އެއްބަސްވެފައިވާ ގައުމުތައް ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އީޔޫގެ ގައުމުތަކުން އޭނާއަށް ނޫނެކޭ ބުނެފައިވަނިކޮށް ޓްރަމްޕް މިހާރުވަނީ ހަމަ ހަގީގަތުގައި ވެސް އެކަނޑުއޮޅި ހުޅުވަން އެމެރިކާއަށް އެހީވާނޭ ގައުމުތައް އެބަތިބިކަމަށް ބުނެފައެވެ. ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތް ކުރުމަށް އީޔޫގެ އިތުރުން ބައެއް އެހެން ގައުމުތަކަށް ވެސް ޓްރަމްޕް […]
އީޔޫއިން ވެސް ޓްރަމްޕަށް ނޫނެކޭ ބުނެފި

ހޮރުމުޒު ކަނޑުއޮޅި ހިމާޔަތްކޮށް އެތަނުން ތެޔޮޓޭންކަރުތަކަށް ދަތުރުކުރެވޭނޭ ގޮތް ހެދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީއަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދުމުން އީޔޫއިން ނޫނެކޭ ޓްރަންޕް ލަދުގަންނުވައިފިއެވެ. އީޔޫގެ ގައުމުތަކުގައި ޓްރަމްޕް އެދުނީ ހޮރުމުޒު ކަނޑުއޮޅި އީރާނުން ބަންދު ކުރުމުން އެތަން ހުޅުވުމުގައި އެގައުމުތަކުން އޭނާއަށް އެހީވުމަށެވެ. އެގޮތުން އެސަރަހައްދަށް އަސްކަރީ އުޅަނދުފަހަރު ފޮނުވައި ދިނުމަށް އޭނާ އެދުނެވެ. އީޔޫގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމަކަށްފަހު އިސް ޑިޕްލޮމެޓެއް ކަމަށްވާ ކާޖާ ކަލަސް ވިދާޅުވީޔޫރަޕްގެ އެއްވެސް ގައުމަކުން ހަނގުރާމައިގެ […]
އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދީފާނޭ ކަމަށް ހިތަށްވެސް ނާރާ: ޓްރަމް

އެމެރިކާއާއި އިޒްރޭލު އެކުވެގެން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނާ އަވަށްޓެރި ގައުމުތަކަށް އީރާނުން ހަމަލާދީފާނެ ކަމަށް އެއްވެސް ބަޔަކު ހިތަށް ނާރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ބުނެފިއެވެ. ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާ ދިނުމުން އެކަމާ ހައިރާންވި ކަމަށެވެ. މިހަލާތަކާ ގުޅިގެން އީރާނުން ބުނަމުދަނީ އެކުވެރި ގައުމުތަކަށް ހަމަލާ ނުދޭނޭ ކަމަށެވެ. އަދި ދޭންވެސް ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ހަމަލާދޭން ޖެހުނީ […]
