ޤަތަރުގެ ގޭސް އުފައްދާ މަރުކަޒަކަށް އީރާނުން ހަމަލާދީ ރޯކޮށްލައިފި

ޤަތަރުގައި ހުންނަ ދުނިޔޭގެ އެންމެބޮޑު އެލްއެންޖީ (ނެޗުރަލް ގޭސް) އުފައްދާ މަރުކަޒަށް އީރާލުން މިސައިލް ހަމަލާއެއް ދީފިއެވެ. މިއީ އީރާނުގެ ދެކުނުގައި ހުންނަ އީރާނުގެ ގޭސް ޕްލާންޓުތަކަށް އިޒްރޭލުންދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. އީރާނުގެ މިހަމަލާގައި ޤަތަރުގެ އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށެވެ. އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ ރަސްލަފާން ސަރަހައްދުގައި ހުންނަ މި މަރުކަޒަށް ދިން ހަމަލާގައި ވަނީ އަލިފާން ރޯވެފައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ދަނީ […]
ތިން މަސްއޫލުވެރިން ޝަހީދުކޮށްލުމުގެ އަގު އިޒްރޭލުން ދައްކަންޖެހޭނެ: މުޖުތަބާ ޚާމަނާއި

ދެ ދުވަސް ތެރޭގައި އީރާނުގެ އިސް ތިން މަސްއޫލޫވެރިއަކު ޝަހީދު ކޮށްލުމުގެ އަގު އިޒްރޭލުން ދައްކަންޖެހޭނޭ ކަމަށް ވިދާޅުވެ އިރާނުގެ ސުޕްރީމް ލިޑަރު މުޖުތަބާ ޚާމަނާއި، އިޒްރޭލަށް އިންޒާރު ދެއްވައިފިއެވެ. ފާއިތުވި ދެ ދުވަސްތެރޭގައި އިޒްރޭލުން ވަނީ އިރާނުގެ ޤައުމީ ދިފާޢާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މުޝީރު ޑރ. ޢަލީ ލަރިޖާނީ އާއި އީރާނުގެ ބާސިޖް ޕެރަމިލިޓްރީ ފޯސްގެ ކޮމާންޑަރ ޣުލާމްރެޒާ ސުލައިމާނީ އާއި އިންޓެލިޖެންސް މިނިސްޓަރ އިޒްރޭލުން އިސްމާއީލް ޚަތީބު ޝަހީދު ކޮށްލައިފައި […]
އީރާނުގެ ގޭސް ޕްލާންޓްތަކަށް ދިން ހަމާލާގެ ބަދަލު ހިފާނަން: އީރާން

އީރާނުގެ ދެކުނުގެ ސަރަހައްދެއްގައިހުރި އީރާނުގެ ގޭސް ޕްލާންޓުތަކަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލުގައި ގަލްފުގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށް އީރާނުން ބުނެފިއެވެ. މި ހަމަލާ ދޭނީ ގަތަރު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ތަކަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެގައުމުތަކަށް ހަމަލާދޭން ނިންމީ އީރާނަށް ހަމަލޭދޭން އަންނަ ޖެޓުތަކަށް އެގައުމުތަކުން އެހީވާތީއެވެ. އީރާނުން ބުނެފައިވަނީ އެގައުމަށް ހަމަލާދިނުމަށް އަރަބި ބިންތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއާއި އިޒްރޭލަށް އޮވެގެން ނުވާނޭ […]
އީރާނުގެ ގޭސް ޕްލާންޓްތަކަށް ހަމަލާދީފި

އިޒްރޭލުން އީރާނުގެ ”ނޭޝަނަލް އިރާނިއަން ގޭސް ކޮމްޕެނީ“ގެ ގޭސް ޕްލާންޓަކަށް މިއަދު ހަމަލާދީފިއެވެ. މިއީ އީރާނުގެ ދެކުނުގައި ހުންނަ ގޭސް ޕްލާންޓްތެކެކެވެ. މި ހަމަލާގައި ރިފައިނިން ޔުނިޓްތަކުގެ ބައެއް ހަލާކުވެފައިވާ ކަމަށް އެ ކޮމްޕެނީން ބުނެފައިވެއެވެ. މި ހަމަލާއަށްފަހު އެކޮމްޕެނީން ގެންދަނީ ހާލަތު ހަމައަކަށް އަޅުވައި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ތަސްނިމް ނިއުސް އެޖެންސީގެ ބަޔާނެއްގައި ބުނެފައިވަނީ ”ގޭސް އުފައްދަމުން ދަނީ ރައްކާތެރި ކަމަށް ވަރަސް ބޮޑަށް ވިސްނައިގެން. ގޭސް ނެޓްވޯކް މިހާރު އޮތީ […]
މ. ކައިރުގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަދަނި

މާފަންނު ”ކައިރުގޭ“ ގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިއީ މާފަންނު ތައިބާ މިސްކިތް ކައިރިގައި ހުންނަ ގެއެކެވެ. ރޯވެފައިވަނީ އެގޭގައި ހުންނަ ”ޕްރައިމް ގުދަން1“ ގައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވައިފައެވެ. ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ ”އެފްއާރުއެސް“ އިންދަނީ ކުރަމުންނެވެ. އަލިފާން ނިއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ގެންދަވަނީ ބައިވެރިވަމުންނެވެ. ރޯވި ގުދަނުގައިހުރީ ގަސްކާނާއާއި ކެމިކަލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް […]
ވޯޓަރސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެކަމުގެ ސަބަބުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ”އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ވާހަކަ ދަންނަވަން. އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން،“އީސީންވިދާޅުުވެފައިވެއެވެ. ލިސްޓުގައި […]
އެސްޓީއޯއިން ހިޓާޗީ ބްރޭންޑު ރާއްޖެއަށް ތައާރަފް ކުރިތާ ފަންސަވީސް އަހަރު

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކަކީ މިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުން ކަމަށް އެސްޓީއޯއިން ބުނެފިއެވެ. ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެއް ކަމަށް ވެސް ވަނީ ބުނެފައެވެ. ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ […]
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ޝަހީދު ކޮށްލައިފިން: އީޒްރޭލް

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ އިސްމާޢީލް ޚަތީބު ޝަހީދުކޮށްލައިފި ކަމަށް އިޒްރޭލުން ބުނެފިއެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނީ އިސްމާއީލް ޚަތީބް ޝަހީދުކޮށްލާފައި ވަނީ މިއަދު ދިން ހަމަލާތަކެއްގައި ކަމަށެވެ. އެހެންނަމަވެސް އީރާނުން މި ޚަބަރު އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އިޒްރޭލުން ވަނީ އީރާނުގެ ސަލާމަތީ އޮފިޝަލެއް ކަމަށްވާ އަލީ ލަރިޖާނީ އާއި ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑުގެ ބަސީޖް ފޯސްގެ ވެރިޔާ ވެސް ޝަހީދު ކޮށްލައިފައެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި […]
އިޒްރޭލަށް ޖާސޫސް ކޮށްދިން މިހާ ދަންޖައްސައިފި

އިޒްރޭލަށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި އީރާނުން ހައްޔަރުކޮށްފައިވާ ކުރޫޝް ކޭވާނީއަށް މަރުގެ އަދަބު ދީފިއެވެ. މިޒާން ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާއަށް މަރުގެ އަދަބު ދީފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އީރާނުގެ އިންޓެލިޖެންސް މީހުން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރު އިޒްރޭލާއެކު ކުރި ބާރަދުވަހުގެ ހަނގުރާމައިގެ ތެރޭގައެވެ. އެމީހާ ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް އީރާނުގެ ނާޒުކު ތަންތަނުގެ ފޮޓޯ އާއި މައުލޫމާތު ފޯރުކޮށްދީފައެވެ. […]
ލަރިޖާނީ ޝަހީދުވުމުގެ ހަނދާން

އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ޤައުމީ ދިފާޢުއާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މުޝީރު ޑރ. ޢަލީ ލަރިޖާނީ ޝަހީދުވެއްޖެއެވެ. އެ މަނިކުފާނުގެ ޚިދުމަތުގެ ތަޝްރީފުތައް ލިޔެވޭހުށީ އީރާނުގެ ރައްޔިތުންނަށާއި އިސްލާމީ އިންޤިލާބީ ލީޑަރޝިޕަށް އެންމެ ވަފާތެރި އެންމެ އިޚްލާޞްތެރި އަދި ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ. ދީނަށް ލޯބިކުރެއްވި، ޤައުމީވަންތަކަން އިސްކުރެއްވި ދަރިއެއްގެ ގޮތުގައެވެ. ދީނާއި ޤައުމުގެ ދިފާޢުގައި އަނިޔާވެރި ޒަޔަނިސްޓުންނާ ދެކޮޅަށް އީރާނުން ކުރަމުންދާ ޖިހާދުގެ މައި އެއް ސިކުނޑީގެ ގޮތުގައެވެ. މަރަށް […]
