ރޭގެ އަލިފާނުގެ ހާދިސާގެ ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް ފަށައިފި

މާލެ، މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ”ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ ގެ ގުދަނެއްގައި އަލިފާން  ރޯވި ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް މިހާރު ވަނީ ފަށައިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިތަހުގީގާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ގުދަނުގައި ރޭ ރޯވި އަލިފާން ނިއްވަން އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދީފައިވާ ކަމަށެވެ. އެހެންނަމަވެސް ސިފައިންގެ  މީހާއަށް ވެފައިވާ އަނިޔާގެ […]

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ: ސަޢުދީ

އީރާނުން ސަޢޫދީ ޢަރަބިއްޔާއަށާއި އަވަށްޓެރި އެހެން ގައުމުތަކަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުގައި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނޭ ކަމުގެ އިންޒާރު ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް ސަޢުދު ދެއްވައިފިއެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިރާނާ ދެކޮޅަށް ސިޔާސީ ގޮތުން ވެސް ފިޔަވަޅު އެޅިދާނޭ ކަމަށެވެ. އެހެންނަމަވެސް އަސްކަރީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތުގައި އެކަންކުރާނޭ ހަތިޔާރާއި ވަސީލަތްތައް ވެސް ސަޢޫދީގައި ހުންނާނޭ ކަމަށް ވިދާޅުވިއެވެ. ޕްރިންސް […]

އިތުރު ހަމަލާދީފިނަމަ އީރާނުގެ ގޭސްދަނޑުތައް ފޮހެލާނަން: ޓްރަމްޕް

އީރާނުން ދެން ޤަތަރަށް ހަމަލާއެއް ދީފިކަމަށްވާނަމަ އީރާނުގެ ސައުތުޕާސް ގޭސް ދަނޑުތައް ވުޖޫދުން ފޮހެލާނޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ މި އިންޒާރު ދެއްވީ އީރާނުން ޤަތަރުގެ ރަސްލަފާންގައި ހުންނަ ގޭސް ފެސިލިޓީއަށް ހަމަލާދީ ބޮޑެތި ގެއްލުން ދިނުމާ ގުޅިގެންނެވެ. ޓްރަމްޕު އީރާނަށް އިންޒާރު ދެއްވަމުން ވިދާޅުވެފައިވަނީ އިޒްރޭލުން ވެސް ދެން އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާ ނުދޭނޭ ކަމަށެވެ. އީރާނުން ޤަތަރަށް ހަމަލާދިނީ އީރާނުގެ […]

ހަކަތަ އުފައްދާ ތަންތަނަށް ހަމަލާ ދިނުމަކީ މަރުވުންފަދަ ކަމެއް

އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ތަކަށް ހަމަލާ ދިނުމަކީ އެމެރިކާއާއި އިޒްރޭލު ފަދަ އެގައުމުގެ ދުޝްމަނުން އަމިއްލައަށް މަރުވުން ފަދަ ކަމެއް ކަމަށް ވިދާޅުވެ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގަރް ޣާލިބާފް އިންޒާރު ދެއްވައިފިއެވެ. އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދިނުމުން ”ލޮލަލަކަށް ލޮލެއް“ ގެ އުސޫލުން ކުރަމުންދިޔަ ހަނގުރާމަ މިހާރުވަނީ މުޅިން އައު އުސްމިންތަކަކަށް ގޮސްފައި ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާއާއި އިޒްރޭލުން އުންމީދު ކުރިފަދަ ގޮތަކަށް އީރާނުގެ ރައްޔިތުން އަމަލު ނުކުރިމުން […]

ވޯޓަރސް ލިސްޓުގައި ސޮއިކުރިން ސޯޝަލް ސެންޓަރުގައި ފަށައިފި

އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއި ކުރުން މެދު ކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ. މި މަސައްކަތް އަލުން ފަށައިފައިވަނީ ސޯޝަލް ސެންޓަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިސީން ވިދާޅުވެފައިވަނީ އެކޮމިޝަނުން ބޭނުންވީ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ތާވަލާއެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށެވެ. ”މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ […]

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން- 20

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަލޭގެފާނު އެންގެވިގޮތަށް އުޅުމެވެ. ނުވަތަ އެކަލޭގެފާނުގެ ސުއްނަތާއި އެއްގޮތަށް ދިރިއުޅުމެވެ. އެގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ގެ ޙައްޤުތަކާއި އެކަލޭގެފާނުގެ ޙައްޤުތައް އަދާކުރުމެވެ. އެއަށްފަހު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ އެޙައްޤުތައް އަދާކުރުމެވެ. މީހުންނަށް ހިތްހެޔޮވުމާއި މީހުންނަށް ހެޔޮކޮށް ހިތުމާއި ޢަދުލުއިންސާފުން ހުރިހާ ކަމެއްކުރުމެވެ. އެއްވެސް ގޮތަކަށް މީހުންނަށް އަނިޔާވެރިނުވުމާއި މީހުންނަށް މަޢާފްކޮށް ޢަފޫކުރުމެވެ. މީހުންނަށް ދީލަތިވުމާއި އެހީތެރިވުމާއި އިޙުތިރާމްކުރުމާއި އެމީހުންނަށް އަޅާލުމެވެ. […]

އީރާނުގެ ހަމަލާގައި ރަސް ލަފާން ގޭސް ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް

ޤަތަރުގެ މައި ގޭސް ފެސިލިޓީ ކަމަށްވާ ރަސްލަފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބިފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ. ޤަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އީރާނުން ރަސްލަފާން އިންޑަސްޓްރިއަލް ސިޓީއަށް ދިން މިހަމަލާ ކުށްވެރި ކޮށްފައެވެ. އީރާނުން މިހަމަލާދިނީ ކުރީބައިގައި އިންޒާރު ކުރުމަށްފަހުގައެވެ. އީރާނުން ބުނެފައިވަނީ ހަމަލާދޭނޭ ކަމަށާއި އެތަނުން މީހުން ހުސްކުރުމަށެވެ. މިއީ އީރާނުގެ ސައުތު ޕާސް ގޭސްފީލްޑަށް އިޒްރޭލުން ދިން ހަމަލާގެ […]

ގުދަނުގައި ރޯވި އަލިފާން ނިއްވާލައިފި

މާފަންނު ކައިރު ގޭގައި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާން މިހާރުވަނީ ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އަލިފާން ނިއްވާލެވިފައިވަނީ ރޭ 11:30 އެހައިކަންހާއިރުއެވެ. އަލިފާން ނިއްވާލެވިފައިވަނީ ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާ ލޮރީގެނެސްގެނެވެ. އެތަނުގައި ރޯވެފައިވަނި ރޭ 9:30 އެހައިކަންހާއިރުއެވެ. އެ ގުދަނުގައި ހުރީ ގަސްކާނާއާއި ނުރައްކާތެރި ކެމިކަލެވެ. އެތަނުގައި އެހާ ބޮޑަށް ހުޅުހިފީ ކެމިކަލުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ. އަލިފާނާއި ދުމުގެ ސަބަބުން ހަތަރު ގެއަކުން މީހުން ހުސްކުރަންޖެހުނެވެ. […]