ބަންޑުން ޖަހާލި ލޯންޗަކުން ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެއިން ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި ހަދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މާރިޗު 19 ވަނަ ދުވަހުގެރޭ ދަންވަރު 1:15 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިލޯންޗުން ފަސް މީހަކު ދަތުރުކުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ”މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހަކު ދަތުރުކުރަމުން ދިޔައެވެ. އަދި […]
އީރާނަށް މިހާތަނަށް ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހަމަލާ މިއަދު

އީރާނަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ހަމަލާ މިއަދު ކުރިމަތިވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯރ ޕީޓް ހެގްސެތު އިންޒާރުދީފައެވެ. އީރާނަށް ހަމަލާދީ މިހަނގުރާމަ ފުރަތަމަދުވަހު ވެސް ބުނިގޮތަށް ކާމިޔާބުކުރާނީ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުގެ 7000 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާ ދީފައިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުވަހަކަށްވުރެ ދުވަހެއް އެމެރިކާ ސިފައިން ހަނގުރާމައިގައި […]
އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ތެޔޮކާރުޚާނާއެއްގައި ރޯވެއްޖެ

އީރާނުން އިސްރާއީލުގެ ތެޔޮސާފުކުރާ އެންމެ ބޮޑު ކާރުޚާނާ ކަމަށްވާ ހައިފާގެ ބަޒާން ގްރޫޕްގެ ފެސިލިޓީއަށް މިސައިލް ހަމަލާއެއްދީ އެތަން ރޯކޮށްލައިފިއެވެ. ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެހަމާލާގައި އެތަން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގައުމުން ބުނެފައިވަނީ އެހަމަލާގައި މާބޮޑު ގެއްލުމެއް ނުވާކަމަށެވެ. އެހެންނަމަވެސް އެސަރަހައްދުގެ ކަރަންޓަށް މައްސަލަތަކެއް ދިމާވި ކަމަށާއި މިހާރުވަނީ އެމައްސަލަ ރަނގަޅުކޮށް އަލުން ކަރަންޓުދޭން ފަށާފައި ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ. އީރާނުގެ މިސައިލު […]
