އިސްރާއީލުގެ ހަތިޔާރު އުފައްދާ ފެކްޓަރީއެއްގައި ރޯކޮށްލައިފި

ޗެކް ރިޕަބްލިކްގައި ހުންނަ އިޒްރޭލުގެ ހަތިޔާރު އުފައްދާ ކުންފުނި އެލްބިޓް ސިސްޓަމްސް އާ ގުޅުން ހުރި ފެސިލިޓީއެއްގައި ރޯކޮށްލައިފި އެވެ. މިކަންކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. މިހާދިސާގައި އެސަރަހައްދުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯވެފައެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ”ދަ އަރތުކުއޭކް ފެކްޝަން“ ކިޔާ ގުރޫޕަކުންނެވެ. އެ ޖަމާއަތުން ބުނެފައިވަނީ މީހުން މަރަން ބޭނުންކުރާ ވަސީލަތްތައް ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނޭ ކަމަށް ވެސް އެޖަމާއަތުން ވަނީ ބުނެފައެވެ. އެތަނަކީ އިސްރާއީލުގެ އަސްކަރިއްޔާއިން […]
ބަޓީކް އެއަރގެ ބޯޓެއްގައި ހަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

ބަޓީކް އެއަރގެ މަތިންދާ ބޯޓެއްގައި ރާއްޖެއައި ދިވެހި ފިރިހެނަކު ބޯޓުތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މިހާދިސާގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. ބޯޓުގައި ހަމަނުޖެހުން ހިންގަން އޭނާ ކުރިކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ. އެހެންމަވެސް އޭނާގެ އަމަލުތަކުން ބޯޓުގެ ފަޅުވެރިންނާއި ބޯޓުގައި ދަތުރުކުރި ފަސިންޖަރުންނަށް ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެނގިފައިވެއެވެ. ފުލުހުންގެ ބެލުމުގެ […]
ކަރަންޓާބެހޭ މަޝްވަރާއަށް ފެނަކައިން ފުރުސަތު ނުދިން: އިސްމާޢީލް

ފުވައްމުލަކު ސިޓީން ކަރަންޓު ކެނޑޭ މައްސަލައާ ބެހޭގޮތުން ފެނަކައާ ވާހަކަ ދައްކަން މަސައްކަތް ކުރުމުން އެކުންފުނީން އެކަމަށް ފުރުސަތު ނުދެއްވި ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގު ވިދާޅުވެއްޖެއެވެ. އޭނާ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލާގައި އެކައުންސިލުން ފުރަތަމަ ވެސް ބައްދަލުކުރަން މަސައްކަތްކުރީ އެސިޓީގައި ހުންނަ ފެނަކަ އޮފީހުގެ ވެރީންނާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ ފެނަކަ މާލޭ އޮފީސް ނުވަތަ ހެޑު އޮފީހުގެ ރުހުން ލިބިގެން […]
ބަންޑުން ޖަހާލި ލޯންޗަކުން ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެއިން ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި ހަދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މާރިޗު 19 ވަނަ ދުވަހުގެރޭ ދަންވަރު 1:15 އެހައިކަންހާއިރު ކަމަށެވެ. މިލޯންޗުން 7 މީހަކު ދަތުރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ 5 […]
އީރާނަށް މިހާތަނަށް ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހަމަލާ މިއަދު

އީރާނަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ހަމަލާ މިއަދު ކުރިމަތިވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯރ ޕީޓް ހެގްސެތު އިންޒާރުދީފައެވެ. އީރާނަށް ހަމަލާދީ މިހަނގުރާމަ ފުރަތަމަދުވަހު ވެސް ބުނިގޮތަށް ކާމިޔާބުކުރާނީ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުގެ 7000 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާ ދީފައިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުވަހަކަށްވުރެ ދުވަހެއް އެމެރިކާ ސިފައިން ހަނގުރާމައިގައި […]
އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ތެޔޮކާރުޚާނާއެއްގައި ރޯވެއްޖެ

އީރާނުން އިސްރާއީލުގެ ތެޔޮސާފުކުރާ އެންމެ ބޮޑު ކާރުޚާނާ ކަމަށްވާ ހައިފާގެ ބަޒާން ގްރޫޕްގެ ފެސިލިޓީއަށް މިސައިލް ހަމަލާއެއްދީ އެތަން ރޯކޮށްލައިފިއެވެ. ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެހަމާލާގައި އެތަން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގައުމުން ބުނެފައިވަނީ އެހަމަލާގައި މާބޮޑު ގެއްލުމެއް ނުވާކަމަށެވެ. އެހެންނަމަވެސް އެސަރަހައްދުގެ ކަރަންޓަށް މައްސަލަތަކެއް ދިމާވި ކަމަށާއި މިހާރުވަނީ އެމައްސަލަ ރަނގަޅުކޮށް އަލުން ކަރަންޓުދޭން ފަށާފައި ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ. އީރާނުގެ މިސައިލު […]
