ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް

ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް އެކަންކަމަކީ ޤައުމަށް އެކަމުން ފައިދާވާނެކަންކަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައިން […]
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، އެ ސަރައްހައްދުގައި، މަގު ތަރައްޤީ […]
ގާއިމްކޮށްދޭނީ ރައްޔިތުން އެދޭފަދަ ރައްޔިތުންގެ ކައުންސިލެއް: ސަބާހު

ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި، ގދ. ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދާކުރަނީ އެރަށު، މޯނިންގްހައުސް، މުޙައްމަދު ޞަބާހެވެ. ސަބާހަކީ ކާކު؟ އޭނާއަކީ އުމުރުން އަށާރަ އަހަރު ފުރުމާއެކު އެމްޑީޕީއަށް ސޮއިކޮށްގެން އަދާ ހަމައަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުރި ސިޔާސީއެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަން ކޮށްފައެވެ. އޭގެ އިތުރުން އެރަށު އިންޖީނުގޭ އެސިސްޓެންޓް މެނޭޖަރުކަން ވެސް ވަނީ ކޮށްފައެވެ. އަދި ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ އިސްވެރިއެއްގެ ގޮތުން […]
އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟

މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ […]
ތެލާއި ގޭސް ރަޝިޔާއިން ގަންނަން ޖަރުމަނުން ނިންމައިފި

ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޖަރުމަނުން އެމެރިކާގެ ބަހަށް ހެއްލިގެން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ނިންމި ނިންމުން މުރާޖައާ ކޮށް ރަޝިޔާއިން ތެލާއި ގެސް ގަތުމަށް ނިންމައިފިއެވެ. ޖަރުމަނުގެ ހަކަތައާ ބެހޭ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސް، އެެމރިކާގެ ބަހަށް ހެއްލިގެން ރަޝިޔާއިން ތެލާއި ގޭސް ނުގަންނަން ނިންމި ނިންމުން ބަދަލު ކޮށްފިއެވެ. އޭގެ އިތުރުން ޖަރުމަނުން ވަނީ ކަރަންޓު އުފައްދާ 15 ނިއުކްލިއަރ ޕަވަރ ޕްލާންޓް އަލަށް ބިނާކުރުމަށާއި ރަޝިއާގެ ތެލާއި ގޭހުގެ މައްޗަށް އަޅާފައިވާ […]
