އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ ބޮޑު އުންމީދެއް އޮތީމާ: ފައްޔާޒު

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ދިވެހި ރައްޔިތުން ނުކުމެ އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެޕާޓީއާމެދު އަދިވެސް އުންމީދެއް އޮތީމައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މުއިއްޒުއަށް ބޮޑުތަނުން ނޫނެކޭ ބުނެ މިފަހަރުގެ ވޯޓުގައި ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެމްޑީޕީއާ ދޭތެރޭ އަދިވެސް އުންމީދެއް އޮތަތީ. ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި. މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް. ރައްޔިތުންގެ އުންމީދުތައް […]

ޑޮނަލްޑް ޓުރަމްޕާއި މި ދެ މީހުންނާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟

އެކަކު ޓުރަމްޕުގެ ކިބައިން އެދެނީ ”އީރާނުގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލުމަށެވެ.“ އަދި އަނެކަކު ޓުރަމްޕުގެ ކިބއިން އެދެނީ ޞުލްޙައާއި، ހަމަޖެހުމާއި، އިންސާނިއްޔަތު ކަމަށެވެ. އަޅެ މި ފަގުޑިބޭމެންނަށް މިތިބީ ކިހިނެއް ވެފައި ހެއްޔެވެ؟ މިބޭމެންގެ ލަދު ޙަޔާތް އުޑަށް އަރުއްވައިގަތީ ބާވައެވެ؟ ކޮންމެއަކަސް، ފަގުޑިބޭމެން ކުރެ އެކަކުވެސް، މާތް الله ގެ ޙަޟުރަތުން މަދަދަކަށް އަދި އެހީއަކަށް އެދި ނުގޮވައެވެ. އިސްލާމީ އުއްމަތުގެ އެއްބައި ކަމުގައިވާ އީރާނު އަންދައި އަޅިއަށް ހެދުމަށް، ފަގުޑިބޭމެން އީމާންވާ ޠާޣޫތުންގެ […]

އީރާނުގެ ވަރުގަދަ ރައްދެއް ޓްރަމްޕަށް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި 48 ގަޑިއިރުގެ ސުންގަޑިއަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ ވަރަށް ހަރުކަށި ރައްދެއް ދެއްވައިފިއެވެ. ޤާލީބާފް ވިދާޅުވި ގޮތުގައި، އީރާނުގެ ކިބައިން އަމާން ހޯދުމަށްޓަކައި ޓްރަމްޕަށް މިހާރު ބާކީ އޮތީ އެންމެ 20 ގަޑިއިރެވެ. އަދި މި ފުރުޞަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ދެއްވި އިންޒާރު: މި ފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ، ޓްރަމްޕްގެ އިއްތިޙާދީން ’ހިލަ ޒަމާނަށް‘ ފޮނުވާލާނެ ކަމުގެ ހަރުކަށި އިންޒާރު […]

އޮމާނުން ގަލްފުގެ ޤައުމުތައް ލަދުގަންނަވާލައިފި!

އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އޮމާނުން ޚިޔާރުކޮށްފައި ވަނީ ފާހަގަކޮށްލެވޭ މުޅިން ތަފާތު މަގެކެވެ. އޮމާނުން ޚިޔާރުކުރީ، ކުރިމަތިލުމުގެ ބަދަލުގައި ވަކިފަރާތަކަށް ނުޖެހުމެވެ. ގަލްފްގެ ބައެއް ޤައުމުތަކާ ޚިލާފަށް އޮމާނުން ތަކުރާރުކޮށް ބާރުއަޅާފައި ވަނީ ޑިޕްލޮމެސީއާއި، ހަނގުރާމަ ހުއްޓުވައި، ގެއްލުންތައް ކުޑަކުރުމަށެވެ. އަދި އޮމާނުން ވަނީ، އެ ހަމަނުޖެހުމުގައި އަސްކަރީގޮތުން ބައިވެރިވުމާ ވެސް ދުރުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ގަލްފުގެ ގިނަ ޤައުމުތަކުން، އޭގެތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ބަހުރެއިން އަދި އެހެނިހެން ޤައުމުތައް ހިމެނޭ […]

މާޔޫސްވާ ގޮތަށް ކަންކަން ކޮށްގެން މިކަމެއް ނުކުރެވޭނެ: ނިޒާރު

އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ލޯހުޅުވޭވަރުގެ ވަރުގަދަ މެސެޖެއް އައްޑޫސިޓީގެ އިންތިޚާބީ މޭޔަރު އަދި މިހާރުގެ ވެސް އެ މަގާމް ފުރުއްވަމުން ގެންދަވާ އަލީ ނިޒާރު ދެއްވައިފިއެވެ. ލޯކަލްކައުންސިލް އިންތިޚާބު އެޕާޓީއަށް ލިބުނު ކާމިޔާބީ ފާހަކުރަން މާލޭގައި ރޭ ބޭއްވި ޖަލްސަގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މި ކާމިޔާބީއަކީ ޕާޓީގެ މުޅި ލީޑަރޝިޕް އެކަތިކަނޑަކަށް ވެގެން ކުރި ބުރަމަސައްކަތުގެ ނަތީޖާ ކަމަށެވެ. އެހެން ކަމުން ކުރިއަށްއޮތްތާގައި ވެސް އެންމެން ގުޅިގެން އުޅެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ […]