ބޮޑު ބަދަލުގެ އަޑުއިއްވަން، ރައީސް ނަޝީދާއި ފައްޔާޒު އައްޑުއަށް

ބޮޑު ބަދަލުގެ އަޑުއިއްވަން، ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް މާދަމާ އައްޑުއަށް ވަޑައިގަންނަވާނޭ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މި ދެބޭފުޅުން އައްޑުއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު 1:00 ގައި ކަމަށްވެސް މަޢުލޫމާތު ވަނީ ލިބިފައެވެ. މި ދެބޭފުޅުންނަށް މަރުޙާބާ ވިދާޅުވުމަށް ވީހާވެސް ގިނަބަޔަކު ގަންއިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުގެ ދަޢުވަތު ވަނީ އަރުވައިފައެވެ. މި ދެބޭފުޅުން ވަނީ ”ބޮޑުބަދަލު“ ނަމުގައި ވަރުގަދަ ކެންޕޭނެއް ފަށައިފައެވެ. އެއީ ރާއްޖޭގެ ވެރިކަންހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް […]
ޗެއަރޕާސަނަކަށް އެންމެ ރަނގަޅު ކެންޑިޑޭޓަކީ މީކާއީލް: މުޒުނީނާ

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައިވާ މީކާއީލް އަޙުމަދު ނަސީމަކީ ޕާޓީގެ މިހާރުގެ ހާލަތު ބަދަލުކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ފެންވަރާއި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި، އައްޑޫސިޓީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލް މެންބަރު ކަމަށް އަމިއްލަގޮތުން ވާދަކުރެއްވި އާމިނަތު މުޒުނީނާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަޙްމަދު ނަސީމާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ފޭސްބުކުގައި މުޒުނީނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ޕާޓީގެ ހައްޤުގައި އަޑުއުފުލުމާއި ސާބިތުކަމާއެކު މަސައްކަތް […]
ރަނގަޅު ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރާތަން ދެކެން ބޭނުން: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް މިއަދު ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ އެ ކޮލެޖުގައި މިހާރު ކުރިއަށްދާ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ތަމްރީނުގެ މަރުހަލާއަކީ އެންމެ މުހިންމު މަރުހަލާކަމަށެވެ. އެ މަރުހަލާއަކީ ގާބިލު، ޕްރޮފެޝަނަލް އަދި އަޚްލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ […]
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއްނެތް: ޑރ. ޚަލީލް

ކުރީގެ ފޮރިންމިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާކަމަށް ބުނެ ފޭސްބުކުގައި ފަތުރަމުން ގެންދާ ޚަބަރު އޭނާ ދޮގުކުރައްވައިފިއެވެ. ޑރ. ޚަލީލް ވިދާޅުވީ އެއީ ފޭސްބުކުގައި ބަޔަކު ދައުރުކުރަމުންދާ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ. ”އެއީ މުޅިންވެސް ފޭކުވާހަކަތަކެއް. އެފަދަ ވިސްނުމެއް ނުގެންގުޅެން. އަޅުގަނޑުގެ ނަމުގައި އެފަދަ އަސާސެއްނެތް ވާހަކައެއް ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް،“ އެމަނިކުފާނު ވިދާޅުވިއެވެ. އެވާހަކަތައް ”ފޭސްބުކަށް ރިޕޯޓް ކުރުމަކީ އަޅުގަނޑު އެދޭކަމެއް،“ ޑރ. ޚަލީލް ވިދާޅުވިއެވެ. ޑރ. […]
ބައިނަލްއަގުވާމީ ވައިގެ ދަތުރު ފަށަން އީރާނުން ނިންމައިފި

ހަނގުރާމައިގެ ސަބަބުން މިހާރު ހުއްޓިފައިވާ އީރާނުގެ ގައުމީއެއަރލައިންގެ ދަތުރު މާދަލާ އަލުން ފަށަން ނިންމައިފިއެވެ. މިދަތުރުތައް ފަށާނީ ތެހެރާންގެ އިމާމް ޚުމޭނީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ދަތުރުތައް އަލުން ފަށާއިރު، ފުރަތަމަ މަންޒިލްތަކުގެ ތެރޭގައި އިސްތަންބޫލާއި މަސްކަޓު ހިމެނެއެވެ. އިމާމް ޚުމޭނީ އެއާޕޯޓް ސިޓީގެ ސީއީއޯ ރާމީން ކަޝެފް އަޒާރު އީރާނުގެ ލޭބަރ ނިއުސް އެޖެންސީ (އިލްނާ) އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިހާތަނަށް ވަނީ އިސްތަންބޫލާއި މަސްކަޓަށް ދެކޮޅު ދަތުރު ކުރުމުގެ ހުއްދަ ލިބިފައި ކަމަށެވެ. […]
ހަމަލާގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައަށް ނުރައްކާ ވެއްޖެ: އިރާން

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަގުރާމައިގެ ސަބަބުން ސަރަހައްދީ އަދި ބައިނަލް އަގުވާމީ ސުލްހައަށް ނުރައްކާވެފައިވާ ކަމަށް އިރާނުން ބުނެފިއެވެ. އެ ގައުމުގެ ރޯޑްސް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ފަރުޒާނާ ސާދިގް އާ ހަވާލާދީ އިސްލާމިކް ރިޕަބްލިކް އެޖެންސީ (އައިއާރުއެންއޭ) އިން ބުނެފައިވަނީ އިޒްރޭލާއި އެމެރިކާގެ ހަމަލާތައް އޭނާ ވަނީ ވަރަށްބޮޑަށް ކުށްވެރި ކުރައްވާފައި ކަމަށެވެ. މިނިސްޓަރު ފަރުޒާނާ ސާދިގު މިހެން ވިދާޅުވެފައިވަނީ ކިރްގިސްތާނުގެ ބިޝްކެކްގައި ހުކުރު ދުވަހު ބޭއްވި ޝަންހާއީ ކޯޕަރޭޝަން […]
ނޫސްވެރިން ޝަހީދު ކުރުމަކީ ހަމައެކަނި ޖަރީމާއެއް ނޫން: އިރާން

އިޒްރޭލުން ލުބްނާނުގެ ނޫސްވެރިއަކު ޝަހީދު ކޮށްލުމުން އީރާނުން އެކަން ވަރަށްބޮޑަށް ކުށްވެރި ކޮށްފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވިދާޅުވީ ނޫސްވެރިން މަރާލުމަކީ ހަމައެކަނި ހަނގުރާމައިގެ ޖަރީމާއެއް ނޫން ކަމަށެވެ. އެއީ އަނިޔާވެރި ގޮތެއްގައި އާބާދީތައް ނައްތާލައި ބިންތައް ފޭރިގަތުމުގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނޫސްވެރިޔާ ”އަމާލް ޚަލީލަކީ ހަމައެކަނި ނަމެއް ނޫން. އެއީ އަނިޔާވެރި ވެރިކަމުގެ އަނިޔާވެރި އަމަލުތަކުގެ އަޑު އުފުލި ބޭފުޅެއް. އޭނާ ޝަހީދުކޮލުމުން ކުރީގެ ނޫސްވެރިން ފަދައިން އެ […]
އީރާނުގެ ފޮރިން މިނިސްޓަރު ތިންގައުމަކަށް ވަޑައިގަންނަވަނީ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ތިން ގައުމަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ބުނެފިއެވެ. އޭނާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނަށާއި، އޮމާނަށާއި، ރަޝިޔާއަށެވެ. އޭނާގެ އަރިހުގައި އީރާނުގެ އިސްވަފުދެއް ބައިވެރިވާނޭ ކަމަށްވެސް އިރްނާއިން ވަނީ ބުނެފައެވެ. އޭނާގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ. މި ދަތުރުފުޅުގައި މި ގައުމުތަކުގެ އިސްވެރީންނާ ބައްދަލު ކުރައްވައި ސަރަހައްދުގެ މިހާރުގެ ހާލަތާއި، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް […]
އައްބާސް އަރަގްޗީ ބަރުޒާނީއާ މަޝްވަރާ ކުރައްވައިފި

އިރާގުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ރައީސް ނެޗިރްވާން ބަރްޒާނީއާ ދެމެދު މަޝްވަރާތަކެއް ކުރައްވައިފިއެވެ. ފޯނުން ކުރިއަށް ގެންދެވި މިމަޝްވަރާތަކުގައި ދެބޭފުޅުންވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާމެދު މަޝްވަރާ ކުރައްވައިފައެވެ. އަދި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސް ކަމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާގައި އަރަގްޗީ ވަނީ މިދިޔަ މާރިޗް މަހުގެ ފަހުކޮޅު ބަރްޒާނީގެ ގެކޮޅަށް ދިން ޓެރަރިސްޓް ޑްރޯން ހަމަލާ ކުށްވެރި ކުރައްވައިފައެވެ. އަދި ބަރުޒާނީއަށް ފުރިހަމަ […]
