އުފަކާރަ ޕްރޮގްރާމް ނިންމާލައިފި

މާލެ ސިޓީގައި ހިންގި ”އުފަކާރަ“ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައި މިރޭގައެވެ. މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 19 ފަރާތަކުން ވަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މި […]
ސްކޫލުތަކުގެ ޓްރެފިކް މޮނިޓަރުން ނަމޫނާ ދައްކަންޖެހޭ: ސަމީރު

ސްކޫލުތަކުގެ ޓްރެފިކް މޮނިޓަރުންނަކީ ސްކޫލުގެ އެހެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ނަމޫނާ ދައްކާނެ ސޭފްޓީ އެމްބެސަޑަރުންނަށް ވުމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އެދިވަޑައިގެންފިއެވެ. ސަމީރު މިކަމަށް އެދިވަޑައިގަތީ ރ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 131 ވަނަ ބެޗްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސަމީރުގެ ވާހަކަކައިގައި މަގުމަތީގެ ރައްކާތެރިކަން ގާއިމުކުރުމަށް ބާރުއެޅުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހަނދާންކޮށްދެއްވިއެވެ. […]
ރޭގެ ހަމަލާއަކީ ރިޔާސީ ޓިކެޓަށް ޖެއްސެވި މީޑިއާ ސްޓަންޓެއް: ސޫދާ

އެމްޑީޕީން ރާވައިގެން މާލޭގައި މިހާރު ހިންގަމުންދާ މަގުމަތީ ހަރަކާތުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމަށް ދިން ހަމަލާއަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ޢާޒިމް އަމިއްލައަށް ޖެއްސެވި މިޑިއާ ސްޓަންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތުމަތު ސޫދާ ވިދާޅުވެއްޖެއެވެ. ރޭގެ ހަމަލާއަށްފަހު މޭޔަރު ޢާޒިމް ވިދާޅުވެފައިވަނީ އެ ޙަމަލާއަކީ ސަރުކާރުން ރާވައިގެންދިން ޙަމަލާއެއް ކަމަށެވެ. އެއަށް ރައްދު ދެއްވައި ސޫދާ ވިދާޅުވެފައިވަނީ އެއްވެސް ބަޔަކަށް […]
އަރަގްޗީ ޕާކިސްތާނުން ފުރާވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ފަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިސްލާމްއާބާދުން ފުރާވަޑައިގެންފިއެވެ. އަރަޣްޗީ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އަލްވަދާއު ވިދާޅުވީ، ޕާކިސްތާނުގެ އިސް މަސްއޫލުވެރިންނާއި އިސްލާމްއާބާދުގައި ހުންނަވާ އީރާނުގެ ސަފީރު ރޭޒާ އަމީރީ މުޣަދާމެވެ. އަރުގްޗީގެ މިދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ވެސް ބައްދަލު ކުރެއްވިއެވެ. ބައްދަލު ކުރައްވައި ދެބޭފުޅުން ވާހަކަ ދެއްކެވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ […]
މާލޭގެ މޭޔަރަށް ހަމަލާދީފި، ޢާޒިމްގެ ތުހުމަތު ސަރުކާރަށް

އެމްޑީޕީން ރާވައިގެން މާލޭގައި މިހާރު ހިންގަމުންދާ މަގުމަތީ ހަރަކާތުގެ ތެރެއިން ރޭގެ ހަރަކާތުގައި މާލޭގެ މޭޔަރު އާދަމް ޢާޒިމް ހުންނަވަނިކޮށް މީހަކު އޭނާއަށް ހަމަލާދީފިއެވެ. އެމީހާވަނީ ޢާޒިމްގެ މޭގައި އަތްއަޅައި ކޮއްޕާލައިފައެވެ. އިތުރު ޙަމަލާއެއް ދިނުމުގެ ފުރުސަތު އެވަގުތު ޢާޒިމްގެ އަރިހުގައި ތިބި މީހުން އޭނާއަށް ނުދިނެވެ. ވަގުތުން އެމީހުންވަނީ އެމީހާއަށް ހަމަލާދީ ދުރަށް ފޮނުވާލައިފައެވެ. ޢާޒިމް ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހަމާލާއަކީ ސަރުކާރުން ރާވައިގެން އޭނާއަށް ދިން ހަމަލާއެކެވެ. އެހެންނަމަވެސް އަދި މިކަމާ […]
އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާ އިން އީރާނަށް ދޭ އަސްކަރީ އިންޒާރުތައް ކުށްވެރިކޮށް ލަންޑަނުގެ މަގުތަކަށް އެއްވެ ހަނގުރާމައާ ދެކޮޅު އެކްޓިވިސްޓުންނާއި އެކަމާ ކަންބޮޑުވާ މީހުން އިހުތިޖާޖު ކޮށްފިއެވެ. މި އިހްތިޖާޖުގައި އީރާނުގެ މަދަނީ އެކްޓިވިސްޓުންނާއި، ހަނގުރާމައާ ދެކޮޅު ޖަމާއަތްތަކާއި، އިޖްތިމާޢީ އެކި ފަންތީގެ މީހުން ވަނީ އީރާނުގެ ސަރުކާރަށް ތާއިދުކޮށް އެމެރިކާއާ ދެކޮޅު އަޑުއުފުލައިފައެވެ. މި މުޒާހަރާގެ ބައިވެރިން އެއްވެ މުޒާހަރާ ކޮށްފައިވަނީ އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައެވެ. މުޒާހަރާގެ ބައިވެރިން މުޒާހަރާކާ ކުރަމުންދިޔައީ އީރާނުގެ ދިދަތައް ހިފައިގެން ތިބެއެވެ. […]
ދުނިޔެއަށް ވުރެ އިޒުރޭލު މުހިންމު!

ތެލުގެ އަގު ބޮޑުވުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާ ސުވާލުކުރިއެވެ. ޖަވާބުގައި، ޓުރަމްޕް ބުނީ، ތެލުގެ އަގު މައްޗަށް ދިއުމާ މެދު އޭނާ ކަންބޮޑުނުވާ ކަމަށާއި، އަދި، އެކަމާމެދު އޭނާ އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށެވެ. ރިޕޯޓަރު: ”ތެޔޮ ފީފާއެއް 200 ޑޮލަރަށް އަރައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟“ ޓުރަމްޕް: ”ތެލުގެ އަގާއި މެދު އަހުރެން ފަރުވާލެއް ނުބަހައްޓަން. އިޒުރޭލު ފަނާކޮށްލާނޭ ނިއުކްލިއާ ހަތިޔާރަށް ވުރެ ނުބައިކަން ބޮޑު ކަމެއް ނެތް.“ އެ […]
