މިއާމީ ސިޓީގެ މަންމަ – ޖޫލިއާ ޓަޓްލް

އެމެރިކާގެ މިއާމީގެ ބާނީއަކީ ޖޫލިއާ ޓަޓްލް (Julia Tuttle) ކިޔާ އަންހެނެކެވެ. މިއާމީ ސިޓީ އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އޭނާއެވެ. މިއީ ބޮޑު ސިޓީއެއް އުފެއްދުމުގެ ފަޚުރާއި ޝަރަފު އޮތް އަންހެނެކެވެ. މި ސަބަބަށް ޓަކައި ޖޫލިއާ ފަހުން މަޝްހޫރުވެފައި ވަނީ މިއާމީގެ މަންމަ (މަދަރ އޮފް މިއާމީ) ގެ ނަމުންނެވެ. މީލާދީން 1890 ގެ އަހަރުތަކުގައި މިއާމީ އަކީ ވަރަށް ކުޑަ އަވަށެކެވެ. ޖޫލިއާ ބޭނުންވީ އެ ސަރަހައްދަށް ތަރައްގީ ގެންނާށެވެ. އެކަމަކު […]
ޢުމަރުވީރު ދަރިކޮޅު

ޢުމަރުވީރު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ދެވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ ތީމުގޭ ދަރިކޮޅުންނެވެ. ޢުމަރުވީރު ދަރިކޮޅަކީ ބަންގާޅުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީގެ ދަރިކަލުން އައްސުލްޠާން ޢުމަރުވީރު ރަދުންނާ ހަމައިން ފެށިފައިވާ ރަސް ދަރިކޮޅެކެވެ. މި ރަދުންނަކީ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީ، ތީމުގެ ދަރިކޮޅުން ރަސްކަން ކުރެއްވި އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ) ގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެންވި ބޭފުޅެކެވެ. އެހެންކަމުން މިއީ ދިވެހިރާއްޖޭގައި ރަސްކަން […]
ތީމުގޭ ދަރިކޮޅު

ތީމުގޭ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަސްކަން ކުރެއްވިކަމަށް ބަލާ މައިގަނޑު ހަތް ދަރިކޮޅުގެ ތެރެއިން ފުރަތަމަ ދަރިކޮޅެވެ. ނަމަވެސް މި ދަރިކޮޅުގެ ކުރިން ސޫރިޔަވަންސަ ނުވަތަ އިރުވަންހަ ދަރިކޮޅާއި، ސޯމަވަންސަ ނުވަތަ ހަނދުވަންހަ ދަރިކޮޅުގެ ރަސްކަން ރާއްޖޭގައި އޮތެވެ. ތީމުގޭ ދަރިކޮޅަކީ ހަނދުވަންހަ ދަރިކޮޅުން އުފެދިފައިވާ ދަރިކޮޅެކެވެ. މި އާއިލާއަށް މާލޭ އާއިލާ ވެސް ކިޔައެވެ. ތީމުގޭ ދަރިކޮޅު ފެށުމެއް ފެންނާކަށް ނެތެވެ. ނަމަވެސް ލިޔެވިފައިވާ ތާރީޚާއި ރާދަވަޅިތަކަށް ބަލައި މި ދަރިކޮޅު ފެށުނީ ސިރީ މަހާބަރަނަ […]
އަޅުގަނޑުމެން މިތިބީ ނޫސްވެރިންނާއެކު: ފައްޔާޒު

ބުރަމަސައްކަތުން ހޯދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މީޑިއާގެ މިނިވަންކަން މިސަރުކާރުން ވަނީ 2008 ގެ ކުރިން އޮތް ޒަމާނަށް ފައްތާފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔަޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ”އަޅުގަނޑުމެންގެ ބުރަ މަސައްކަތުން ހޯދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ޑރ. މުއިއްޒުގެ ވެރިކަމުގައި މި ވަނީ 2008 ގެ ކުރިން އޮތް ޒަމާނަށް ފަހަތަށް ޖައްސާލާފައި. މީޑިއާ ކޮންޓްރޯލް ބިލާއި، ކޮންޓްރޯލް ކޮމިޝަނަކީ ޚިޔާލުތަފާތުވުންތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިންނަށް ބިރުދެއްކުމަށް ރައީސަށް ބޭނުންކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި […]
